މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ހުސްވެފައިވާ ފައިނު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން

ހުސްވެފައިވާ ފައިނު ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށްއެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ފައިނު އޮންލައިންއަށް ބުނީ، ބައި އިލެކްޝަނަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ފައިނު މީނާޒު، އަޙްމަދު ރިޝްފާން އެކަނި ކަމަށެވެ.

އަދި އޭނާގެ ފޯމް ޗެކު ކުރުމަށްފަހު ޝަރުތު ހަމަވާކަން މިހާރު އަންގާފައިވާނޭ ކަމަށާއި، މި ބުރުގައި ބާއްވަން ނިންމާފައިވާ އެހެން ރަށްރަށުގެ ބައި އިލެކްޝަންތަކުގެ ގުރުއަތު ނެގުމުގެ މަސައްކަތް މާދަމާ ކުރިއަށް ދާއިރު، ފައިނު ކައުންސިލްގެ ރައީސްގެ މަގާމަށް ރިޝްފާން ހޮވިފައިވާކަން އަންގާނެކަމަށް އިސީ އިން ބުނެއެވެ.

އަޙްމަދު ރިޝްފާނަކީ ފައިނު ފެނަކަ ބްރާންޗްގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ފަރާތެކެވެ. 

އިލެކްޝަނުން ބުނީ، މިހާރު ވާނީ ނަން ނެގުމަށް ބޭނުންވާނަމަ އެކަމަށް ފުރުސަތެއް ދީފައި ކަމަށާއި މަގާމާއި ހަވާލުވާނެ ދުވަހެއް ކަނޑައަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަމަށެވެ.

ފައިނު ކައުންސިލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ މޫސާ ޢުމަރުމަނިކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 30 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ