މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފަައިނު ކަައުންސިލް

ދިޔަވަމުންދިޔަ ދޯނި، ފައިނު ރައްޔިތުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފި

ފައިނު ބަނދަރަށް ވަންނަންއައި ދޯންޏެއް ނެރުފައިކަށީގައި ޖެހި ބަނޑުފިލައިން ބައެއް ފަޅައިގެންގޮސް ދިޔަވާން ފެށުމުން ފައިނު ރައްޔިތުން ނުކުމެ ދޯނީގެ ދިޔަވުން ކޮންޓްރޯލް ކޮށްފިއެވެ.

މިއަދު މެންދުރުފަހު އެ ދޯނި ވަންނަން އައިވަގުތު ނެރުފައިކަށީގައި ޖެހި ދިޔަވާން ފަށާފައިވާތީ ކައުންސިލުން ވަނީ ރައްޔިތުން ނުކުމެ ދޯނި ދިޔަވުން ކޮންޓްރޯލް ކޮށްދޭން އެދިފައެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެވަނީ އޭގައިހުރި ހިލައާއި ހިލަވެލި އެއްގަމަށް ބޭލުމުގެ މަސައްކަތް ވަރަށް ބާރަށް ކޮށްފައެވެ. 

އަދި ފެން ހިންދުމުގެ މަސައްކަތް ޕަމްޕުތައް ބޭނުންކޮށްގެން އެއްބަޔަކު ކުރަމުންދިޔައިރު ބަނޑުފިލައިން ފަޅައިގެންދިޔަތަން ހޯދައި ސަތަރިއެއް ބޭނުންކޮށްގެން އެތަން ބެއްދުމަށް އަނެއްބަޔަކު ދިޔައީ މަސައްކަތް ކުރަމުންނެވެ.

އަދި ރައްޔިތުން ނުކުމެ ކުރި މަސައްކަތުން ދޯނި ދިޔަވުން ކޮންޓްރޯލްކޮށް ތަކެތިވަނީ ސަލާމަތްކޮށްފައެވެ. އެ މަސައްކަތުގައި އިނގުރައިދޫ ޕޮލިސްގެ ބޭފުޅުން ވެސް ފަހުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވެއެވެ. އަދި ރައްޔިތުން ނުކުމެ ދިޔަވުން ކޮންޓްރޯލްކުރިފަހުން، އެމްއެންޑީއެފު ނޮދަންއޭރިއާއިން ވަނީ ޑައިވްކޮށް ބާގަނޑު ބެއްދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިނާކާގޯ ކިޔާ އެ ދޯންޏަކީ ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްރަށަށް ހިލަ ހިލަވެލި އަދި ސިމެންތިފަދަ ތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ދޯންޏެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ