މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު އޮންލައިން

ފައިނު މަސްޖިދުލް ފަލާޙްގައި ނެވިލޯން އެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފި

ރ. ފައިނު މަސްޖިދުލް ފަލާހްގައި ނެވިލޯނު އެޅުމަށް ބޭނުންވާތީ އެ މަސައްކަތުގައި އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ފައިނު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ފޭސްބޫކްގައި ބުނެފައިވަނީ، ނެވިލޯން އެޅުމަށް ޖުމުލަ -/203،655 ރުފިޔާ ހަރަދުވާކަމަށެވެ. އަދި އޭގެ ގާތްގަނޑަކަށް 12 އިންސަތަ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އެކަމުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް ވަނީއެދިފައެވެ. 

އެގޮތުން، އެ ކައުންސިލްގެ ނަންބަރު 4000311 ނުވަތަ ކައުންސިލްގެ ނާއިބު ރައީސް ޙަސަން ވަޙީދު، ފޯން: 7651974 އާއި ގުޅުމަށް އެދިފައިވެއެވެ. 

ފައިނު ހުކުރުމިސްކިތް ކަމަށްވާ މަސްޖިދުލް ފަލާޙްގައި ނެވިލޯން އަޅަން ނިންމާފައިވަނީ މިހާރު އަޅާފައި އޮތް ކާޕެޓް ގިނަ ދުވަސްވެ ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ