މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރައީސް އޮފީސް

ފެބްރުވަރީ 6 ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު!

މިއަހަރުގެ ފެބްރުވަރީ ހައެއް (6)ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށްވާތީއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައި އެގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ