މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

އަޙްމަދު ރިޝްފާނު ފައިނު ކައުންސިލްގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

ފައިނު ކައުންސިލްގެ ރައީސްކަމުގެ ހުވާ އަޙްމަދު ރިޝްފާން މީނާޒު ރ. ފައިނު ކުރައްވައިފިއެވެ.

ކައުންސިލްގެ ރައީސްކަމުގެ ހުވާ ރިޝްފާނު ކުރެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ދަރުބާރުގައެވެ. އެ ދަރުބާރުގައި ރިޝްފާނަށް ހުވާ ލައިދެއްވީ ފައިނު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލްޢުސްތާޛް އިބްރާހީމް ޒާހިރެވެ. 

މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރިޝްފާން ވަނީ މަގާމުގެ އިގުރާރުގައި ވެސް ސޮއި ކުރައްވާފައެވެ. 

ރިޝްފާނަކީ މިހާތަނަށް ފައިނު ފެނަކަ ބްރާންޗްގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ރިޝްފާން ރައީސް ކަމުގެ މަގާމަށް އިންތިހާބު ވެފައިވަނީ، ބައި އިލެކްޝަނަށް ހުޅުވާލި ފުރުސަތުގައި އިންތިހާބުކުރަން ބޭނުންވާ އަދަދަށް ކުރިމަތިލާފައިވާތީ އާންމު އިންތިހާބަކާ ނުލައެވެ. 

ފައިނު ކައުންސިލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ މޫސާ ޢުމަރުމަނިކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 30 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ