މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޖޭއެސް

އެމްޖޭއެސްއިން ރަމަޟާން މަހަށް ރޭވި މުބާރާތްތައް ކުރިޔަށް

ރ. މީދޫ ޖަމިއްޔަތުލް ޞަލާޙްގެ ޤުރްއާން މުބާރާތާއި މަދަހަ މުބާރާތް އެ ޖަމިއްޔާއިން ކުރިޔަށް އެބަ ގެންދެއެވެ.

މި ރަމަޟާން މަހަށް އެ ޖަމިއްޔާއިން ރާވާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ދެ މުބާރާތުގެ ތެރެއިން ޤުރްއާން މުބާރާތް މި މަހުގެ 6 ވަނަ ދުވަހު ވަނީ ފަށާފައެވެ. އެ މުބާރާތުގައި ބަލައިގެން އަދި ހިތުންކިޔެވުމުގެ ބައިން، 2 ގޮފި އެއްކޮށް 185 ބައިވެރިން ވާދަކޮށްފައިވެއެވެ. 

އެއީ އެޖަމިއްޔާއިން މީދޫގައި ބާއްވާ 28 ވަނަ ޤުރްއާން މުބާރާތެވެ. 
އެމްޖޭއެސްގެ ޤުރްއާން މުބާރާތުގެ ތެރެއިން - ފޮޓޯ: އެމްޖޭއެސް
ޤުރްއާން މުބާރާތަށްފަހު މިރޭ އެ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާގެ 14 ވަނަ މަދަހަ މުބާރާތް ފަށާފައެވެ. މި މުބާރާތުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޖުމުލަ 108 ބައިވެރިން މި މުބާރާތުގައި ވެސް ބައިވެރިވެފައިވާކަމަށް ޖަމިއްޔަތުލް ޞަލާޙުން މައުލޫމާތު ދެއެވެ. 

މަދަހަ މުބާރާތުގެ އުމުރުފުރާތައް ބަހާލާފައިވަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 1 އިން 5 އާއި ހަމައަށް އަދި އޭގެ އިތުރުން 18 އަހަރުން މަތީގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. 

މި ދެ މުބާރާތް ވެސް ކުރިޔަށް ގެންގޮސްފައިވަނީ އެ ޖަމިއްޔާގެ އިމާރާތުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ