މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީއު

ކުރިމަސައްކަތުގެ އަގު ނުލިބި ފައިނު ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް

ރަމަޟާން މަހާއި ދިމާކޮށް ފައިނުގައި ހެއްދި ދަނޑުތަކުން މިފަހަރު ބޮޑު ގެއްލުމެއް ވެފައިވާކަމަށް ދަނޑުވެރިން ބުނެފިއެވެ.

ފައިނަކީ މި ފަހަކަށްއައިސް މޫސުމީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ރަމަޟާން މަހާއި ދިމާކޮށް ހާއްސަކޮށް ކަރާ މޫސުމުގައި ކަރާ ހެއްދުމަށް މަޝްހޫރު ރަށެކެވެ. އަދި މިހާރު ދިގުމުއްދަތަށް ދޫކޮށްފައިވާ ދަނޑުބިންތަކާއިއެކު ފައިނުގައި ދަނޑުވެރިކަމުގައި ރައްޔިތުން ހިއްސާވާ މިންވަރު ކުރިޔަށްވުރެވަނީ ބޮޑުވެފައެވެ. 

ފައިނުގައި ދަނޑުވެރިކަން ނުކުރާ އެއްވެސް ގޭބިސީއެއް ނެތެވެ. ކޮންމެ އާއިލާއެއްގައި ދަނޑުހައްދާ ދަނޑުވެރިން އެބަތިއްބެވެ. ނުހަނު ގަޔާވެގެން އެ ރައްޔިތުން ކުރާ މި މަސައްކަތަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތާވަލުގައި މުހިންމު ކަމެއް ދެވިފައިވާ މަސައްކަތެކެވެ. ކައުންސިލުން ދިގުމުއްދަތަށް ދޫކޮށްފައިވާ 10000 އަކަފޫޓުގެ 18 ދަނޑާއި، މޫސުމީ ދަނޑުގެ ގޮތުގައި މިއަހަރު ދޫކުރި 75 ދަނޑު ހިމަނައިގެން މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ޖުމުލަ 93 ދަނޑުބިމެއްވަނީ ދޫކޮށްފައެވެ. 

މި ދަނޑުތަކުގައި އެކި ބާވަތްތައް މި އަހަރު ވެސް އިންދާފައިވާއިރު އޭގެ ތެރޭގައި ގިނައީ ކަރަލުގެ ބާވަތްތަކެވެ. 

ނަމަވެސް، ދަނޑުތަކުގައި އާލާވި ބައްޔެއްގެ ސަބަބުން ދަނޑުތަކުގެ ގަސްތައް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. ބައެއް ދަނޑުތަކުން އެންމެ ކަރައެއް ވެސް ވަނީ ލިބޭގޮތް ނުވެފައެވެ. 

މިކަމާއި ގުޅޭގޮތުން ފައިނު އޮންލައިންއާ ވާހަކަ ދެއްކި ދަނޑުވެރިޔަކު ބުނީ، މިފަހަރު ދަނޑުތައް ހަލާކުވުމުގެ މައިގަނޑު ސަބަބަކީ ދަނޑުގައި އާލާވި ބަލިތައް ކުރިން ނައްތާނުލެވި އޮއްވާ ދަނޑު ހައްދަން ޖެހުމާއި ފެން ލޮނުވުމުގެ މައްސަލަކަމަށެވެ. އަދި ދިގު މުއްދަތަށް ދޫކޮށްފައިވާ ދަނޑުތަކުގައި ބަލި އަޅާފައި އޮއްވާ އެ ސަރަހައްދުން މޫސުމީ ދަނޑު ދޫކުރުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. 


ދަނޑުވެރިކަން ކުރަންބަލާއިރު ނިސްބަތުން ބިން ކުޑަ ރަށެއްވީމަ ފެން ލޮނުވާލެއް އަވަސް. އަނެއްކާ ސޯސަންމަގުން ދަނޑު ދޫކުރިއިރު އެނގޭނެ އެތަނުން ދަނޑު ދޫކޮށްގެން އެތާ މިހާރު ހައްދާ ދަނޑުތަކުގައި އޮތް ބަލި މި ދަނޑުތަކަށް ވެސް އަރާނެކަން. އަޅުގަނޑު އެވާހަކަ ދެއްކިން ކައުންސިލްގައި. މިހާރު އެއޮތީ ދަނޑުތައް އޮތްގޮތް. 70 ޕަސެންޓު ދަނޑުގެ ހަރަދުވެސް ނުލިބޭނެ

ދަނޑުވެރިޔަކު ބުންޏެވެ. 

ދަނޑުވެރިންނަށް ދިމާވި މައްސަލައާއި ގުޅޭގޮތުން ފައިނު އޮންލައިންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވީ، ދަނޑުތަކަށް ބަލި ފެތުރުނީ ސީދާ ދަނޑު ދޫކުރިގޮތުގެ ސަބަބުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 


މިކަމަށް އަދި ރަނގަޅު ދިރާސާއެއް ހެދިފައެއް ނެތް. ކައުންސިލުން ބެލި ބެލުމުގައި ބޮޑަށް ލަފާކުރެވެނީ ފެން ލޮނުވުމާއި ފާއިތުވި އަހަރު ދަނޑު ދޫކުރިއިރު ދަނޑުތަކުގައި ބަލިޖެހިފައިހުރި ގަސްތައްކާއެކު ދަނޑުތައް ދޫކޮށްލުމުގެ ސަބަބުން ކުރި ނޭދެވޭ އަސަރެއްކަމަށް

މޫސަ ވިދާޅުވިއެވެ. 

ދަނޑުތަކަށް މިފަހަރު ދިމާވި މައްސަލަތައް ބަލާ ހައްލު ބުނެދިނުމަށް ކައުންސިލުން ވަނީ އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް ދަނޑުވެރިކަމުގެ ފަންނީ ބޭފުޅަކު ރަށަށް ގެނެސްފައެވެ. އަދި ދަނޑުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް އެބޭފުޅާގެ އެހީތެރިކަމާއެކު ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. 

3 މަސްދުވަސްވަންދެން ކުރި މަސައްކަތުން އެއްވެސް މާލީ ފައިދާއެއް ނުލިބުމުން ދަނޑުވެރިން ތިބީ މާޔޫސްކަމެއްގައެވެ. ފަހުން ފައިސާ ދައްކާގޮތަށް ކައުންސިލުން ފޯރުކޮށްދިން ގަސްކާނާއާއި ބޭހަށް ދައްކަންޖެހޭ ފައިސާ ވެސް ދެއްކުމަށް ދަތިވެފައިވާ ކަމަށް ދަނޑުވެރިން ދަނީ ބުނަމުންނެވެ. އަދި މިފަހަރު މި ދިމާވި ގޮތުން ދަނޑުވެރިން ކައުންސިލަށް ދައްކަންޖެހޭ ގަސްކާނާ ފައިސާއިން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމަކީ ދަނޑުވެރިންގެ އެދުމެއްކަމަށް އެ ދަނޑުވެރިން ވަނީ ބުނެފައެވެ. 

މިލިޔުން ކިޔާލުމުން

25%
އުފާވި
75%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

9 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އިއްބެ 3 years ago

ދިމާވި. ފަައިނު ދަނޑުތައް ހަލާކުވީ ފެން ލޮނުވެގެނެއް ނޫން. ބޭހަށް ބަލި ހޭނުނީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބާކުލި ގަލަމުން 3 years ago

ވާރޭނުވެހި ގިނަދުވަސްވުމުން ފެންލޮނުވުމުގެ މައްސަލަ ރާއްޖޭގެ ހުރިހާރަށަކަށްހެން ދިމާވި. ފަައިނު ދަނޑުތައް ހަލާކުވީ ފެން ލޮނުވެގެނެއް ނޫން. ބޭހަށް ބަލި ހޭނުނީ. ރިހާކުރުބޭސް ފެންދޭކުރަޔަށް އަޅައިގެން ޢާންމުކޮށް ޖަހަން ފެށީމަ ވީގޮތެއް އެއީ. އިންސާނަކު އެންޓިބައިޓިކަށް ހޭނުނީމައިވާނީވެސް އެހެން. ރިހާކުރުބޭހަކީ ބަލި ޖެހުނީމައި ގަސްތަކުގެ ކުރިޔަށް ސްޕްރޭ ކުރާއެއްޗެއް. ހެނދުނު އަރައިގެން އަންނަ އިރާއެކީ. ވަކި މިނަކަށް ފެނަށް އަޅައިގެން. އެގޮތަށް ދެދުވަހ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ސޭވް ފައިނު ފުނަފާ 3 years ago

ކައުންސިލުން ދަނޑުވެރިކަން ހަލާލުކޮށްލޫމުންވެސް ބޮޓުން އަނގަބަންދުވެފާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ސޭއްވްފައިނު 3 years ago

މިހާރު ހިތައްއަރާނެ އެއާޕޯޓް އެޅުނުނަމަ މާ ރަނގަޅުވީހޭ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އެކުވެރިޔާ 3 years ago

ކޮވިޑާ ގުޅިގެން ކަރާތައް ވިއްކަން ދަތިވި ދުވަސްވަރު އޭރު އޮތް ކައުންސިލުން. ރައްޔިތުންނަށް ބޮޑު ލުއެއްދިން. މީ އަދި ރައްޔިތުންގެ ކައުންސިލް ވީމާ ލުއި ދޭނެ ކަމާމެދު ސައްކެއް ނުކުރަން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކަރާ 3 years ago

ކައުންސިލުން މިކަން ބަލަންޖެހޭ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ނަސީމް 3 years ago

ކާކުލިޔުނު ޚަބަރެއްކަން ސާފުނުވާތީ ދެރަ...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަގުބެ 3 years ago

ކައުންސިލަށް ކަންކަން ކުރަން ނޭންގޭތީ އެހެން ވަނީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޒިންމާ 3 years ago

ސޭވްފައިނު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ