މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ފުރުސަތު

ރ. އަތޮޅު ކައުންސިލް އިދާރާއަށް ލީގަލް އޮފިސަރެއް ބޭނުންވެގެން އިއުލާން ކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ ސީއެސް 9-2 ގެ ލެވެލްގެ މި މަގާމުގެ އަސާސީ މުސާރައަކީ -/10020 ކަމަށެވެ.  އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/5640 ރުފިޔާދެވޭނެކަމަށް ބުނެފައިވެއެވެ.
 
މި މަގާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މެއި 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން އަތޮޅު ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅަން ޖެހެއެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
 
ގާނޫނީ ލަފަޔާއި އިރުޝާދު ދިނުމުގެ މަސައްކަތްތައް ކުރަންޖެހޭ މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ރަށު އަދި އަތޮޅު ކައުންސިލަށް ބޭނުންވާ ގާނޫނީ ލަފަޔާއި އިރުޝާދު ދިނުމާއިއެކު، ކައުންސިލުން ނިންމާ ނިންމުންތަކާއި، ގަރާރުތައް، ގާނޫނުތަކާ ގަވާއިދުތަކާއި އެއްގޮތަށް އެކުލަވާލުމަށް ބޭނުންވާ ލަފާ ދިނުމާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރުން ޒިންމާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ