މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ޗެއަރޕާސަންކަމުގެ އިންތިހާބުގެ ކެމްޕޭނަށް ފައްޔާޒު ފައިނަށް ވަޑައިގެންފި

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިހާބުގެ ކެމްޕޭނަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ފައިނަށް މިއަދު ވަޑައިގެންފިއެވެ.

މިއަދުގެ ދަތުރުގައި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމުގެ މަގާމަށް ވާދަ ކުރައްވާ ރޮޒޭނާ އާދަމްވެސް ވަނީ ފައިނަށް ވަޑައިގެންފައެވެ.

ނަމަވެސް ނިސްބަތުން ފައްޔާޒުގެ ޓީމަށް މަރުހަބާ ކިޔަން ގޮސްފައިވަނީ މަދުބައެކެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންކަމަށް ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވެސް ދާދިފަހުންވަނީ ފައިނަށް ވަޑައިގެންފައެވެ. 

މި އިންތިހާބުގައި ފައްޔާޒުގެ ޓީމު ނުކުމެ އުޅުއްވަނީ އެމްޑީޕީ ހިންގާލަން ޖެހިފައިވާކަމަށްބުނެ، އެމްޑީޕީ އެންމެ ރަނގަޅަށް ހިންގާލުމަށް ފައްޔާޒާއި ރޮޒޭނާގެ ޓީމު ހޮވަންޖެހޭކަމަށް ބުނަމުންނެވެ. އަދި އިންތިގެ ޓީމު ނުކުމެ ކެމްޕޭންގައި ވިދާޅުވަމުންދަނީ، ޕާޓީގެ އަސާސްތައް އުވާލުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށާއި އެކަންކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އިންތިއަށް ވޯޓު ދޭންޖެހޭ ކަމަށެވެ. 

އެމްޑީޕީގެ މި އިންތިހާބު ބާއްވަން މިހާރު ހަމަޖެހިފައިވަނީ މި މަހުގެ 14 ގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ