މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މިދިޔަ އަހަރުގެ ޗެމްޕިއަން ބޭރިއަންސް ތަށި އުފުލާލަނީ - ފައިނު އޮންލައިން ފޮޓޯ: ޝަފީއު

ޖަމިއްޔަތުލް އިއްތިހާދުގެ 22 ވަނަ ވޮލީ މުބާރާތް ފަށައިފި

ރ. ކިނޮޅަހުގައި އޮތް އެންމެ ގިނަ ދުވަސްވީ ޖަމްޢިއްޔާ ކަމަށްވާ ޖަމްޢިއްޔަތުލް އިއްތިހާދުގެ 22 ވަނަ ވޮލީ މުބާރާތް މިރޭ އެރަށުގައި ފަށައިފިއެވެ.

ރާއްޖޭގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ މަޝްހޫރު ބައެއް ކުޅުންތެރިން ބައިވެރިވާ މި މުބާރާތަކީ އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ވޮލީ މުބާރާތެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅުނު މެޗުގައި ބައްދަލު ކޮށްފައިވަނީ ބޭރިއަންސް އާއި ހޭވައްލާއެވެ. ބޭރިއަންސް އާއި ހޭވައްލާގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރަނީ ރަށްގުޑުވާއާއި ކޮކޯއެވެ.

މާދަމާރޭ ވެސް މުބާރާތުގެ މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ރަށްގުޑުވާ އާއި ކޮކޯއެވެ. މުބާރާތުގެ ސެމީ ފައިނަލް ކުޅެން ހަމަޖައްސާފައިވަނީ މިމަހުގެ 26 ވަނަ ދުވަހެވެ. ފައިނަލް މެޗް ކުޅެން ރާވާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. 

މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އަކީ ބޭރިއަންސްއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ