މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވޮއިސް

ގޯލްޑަން ފުޓްސަލް މުބާރާތުގެ ކުއާޓާފައިނަލަށް އިނގުރައިދޫ ދަތުރުކޮށްފި

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ސ. ފޭދޫ ބަލިކޮށް ރ. އިނގުރައިދޫ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ގަދަ 16 ގެ މެޗްތައް މިރޭ ފަށާފައިވާއިރު، ގަދަ 16 ގައި ކުޅެނީ ޒޯން ޗެމްޕިއަނުންނާއި ޒޯން ރަނަރސްއަޕް ޓީމުތަކެވެ. 

އެގޮތުން މިރޭ ކުޅުނު މެޗްގައި މެޗް ފަށައިގެން މިނެޓެއްވެސް ނުވަނީސް އިނގުރައިދޫ އިން ވަނީ ގޯލެއް ޖަހާފައެވެ. އެ ގޯލް ޖަހައިދިނީ އެ ޓީމްގެ މުޙައްމަދު އައިހަމްއެވެ. އެ ގޯލް ޖަހާފައި މާގިނައިރުތަކެއް ނުވެ އިތުރު ގޯލެއް އައިހަމް ވަނީ ކާމިޔާބު ކޮށްދީފައެވެ. 

މެޗްގެ ތިންވަނަ ގޯލް އިނގުރައިދޫއަށް ޖަހައިދިނީ މުޙައްމަދު ޖުމާން އެވެ. އެ ގޯލަށްފަހު ދެން ފެނިގެން ދިޔައީ ފޭދޫގެ ގޯލެކެވެ. 

ނަމަވެސް، ފޭދޫ ޓީމަށް އިތުރު ގޯލެއް ނުޖެހި އުޅެނިކޮށް މެޗް ނިމެންދަނިކޮށް އިނގުރައިދޫ އިން ވަނީ އިތުރު ގޯލެއްޖަހާ ފަރަގު ބޮޑުކޮށްފައެވެ. އެ ގޯލަކީ އައިހަމް މި މެޗްގައި ކާމިޔާބު ކޮށްދިން 3 ވަނަ ގޯލެއެވެ. 

އެއާއިއެކު މެޗް ނިމުނީ 4 – 1 ގެ ނަތީޖާއަކުންނެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ