މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވޮއިސް

ނައިވާދޫ ބަލިކޮށް އިނގުރައިދޫ އިން ސެމީއަށް ދަތުރުކޮށްފި‏

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ހދ. ނައިވާދޫއާއި ކުޅުނު ކުއާޓާ ފައިނަލްގެ މެޗް ކާމިޔާބުކޮށް އިނގުރައިދޫ އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭގެ މެޗް ފެށިގެން ފުރަތަމަ ގޯލެއް ކާމިޔާބު ކުރީ ނައިވާދޫ އިންނެވެ. އިނގުރައިދޫ ޓީމަށް އެމީހުންގެ ގޭމް ރަނގަޅަށް ނުޖެއްސި އުޅެނިކޮށް ނައިވާދޫއިން ގޯލެއް ޖެހިނަމަވެސް ގިނަވަގުތު ކުޅެ މެޗް ޑޮމިނޭޓް ކުރީ އިނގުރައިދޫ އިންނެވެ. 

ނައިވާދޫގެ ގޯލަށްފަހު އިނގުރައިދޫ ޓީމުން ކުރި މަސައްކަތުން އެ ޓީމްގެ މަމްދޫހް ވަނީ ގޯލެއް ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް، އޭގެފަހުން ތިންވަރަކަށް މިނެޓްވެސް ނުވަނީސް ނައިވާދޫ އިން އަނެއްކާވެސް ގޯލެއް ޖެހިއެވެ. 

އެއާއިއެކު އިނގުރައިދޫއިން އިތުރަށް ހިތްވަރުކޮށް، އެ ޓީމްގެ ޢަލީ ހާފިޒް ވަނީ މެދުތެރެއިން ހުސްކޮށް ނައްޓާލުމަށްފަހު ބާރު ބޯޅައެއް ފޮނުވާލައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އިނގުރައިދޫ އަށް ލީޑު ނަގައިދިން ގޯލް މަމްދޫހް ވަނީ ޖަހައިދީފައެވެ. މިއީ އައިހަމް ދިން ހުރަހަކުން މަމްދޫހު ޖެހި ރީތި ގޯލެކެވެ.

އެގޯލަށްފަހު އިނގުރައިދޫ ލީޑުގައި އޮވެ މެޗު ނިމެންދަނިކޮށް ފަހު ސިކުންތުކޮޅުތެރޭ ވަނީ ނައިވާދޫއިން ގޯލެއް ޖަހާފައެވެ. 

އެއާއިއެކު މެޗްގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ. އިނގުރައިދޫ އިން ހުރިހާ ޕެނަލްޓީއެއް ޖެހިއިރު ނައިވާދޫއަށް ދެ ޕެނަލްޓީއެއް ވައްދާނުލެވުނެވެ. 

މިލިޔުން ކިޔާލުމުން

50%
އުފާވި
13%
ދެރަވި
0%
ހިނިއައި
38%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަހްމަދު މުބީނު 1 year ago

އިނގުރައިދޫ އަކީ ރ.އަތޮޅު ގެ ނަންބަރ ވަން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ