މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އިނގުރައިދޫގައި ސްލިޕްވޭ ހަދާ ހިންގަން ބިން ދޫކުރަނީ

ރ. އިނގުރައިދޫގައި ސްލިޕްވޭއެއް ހަދައި ހިންގަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބިން ދޫކުރުމަށް ނިންމާ ބިމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޮޑި ދޯނިފަހަރު މަރާމާތު ކުރުމަށްޓަކައި ފަސޭހަ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން އެ ރަށުގައި ސްލިޕްވޭއެއް ހެދުމަށް 35 އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. 
 
އެގޮތުން ސްލިޕްވޭ އެޅުމަށް މިހާރު ހުރި ބިމުން 118130 އަކަފޫޓު ގެ ސަރަޙައްދެއް ވަނީ ކަނޑައެޅިފައި ކަމަށާއި އަދި 452676 އަކަފޫޓުގެ ގެ ބިމެއް މޫދުން ހިއްކެންއޮތްކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން މިބިން ހިއްކަން ބޭނުންނަމަ ހިއްކާނީ ޕްރޮޖެކްޓް ލިބޭ ފަރާތުން ކަމަށާއި ހިއްކާ ބިމަށް ކުލި ހިނގާނީ ބިން ހިއްކާނިމި ބޭނުންކުރަންފަށާތާ 2 އަހަރުދުވަސްވުމަށްފަހުގައި ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ. 

ބިމުކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 5 ލާރި އެވެ. ނަމަވެސް 5 އަހަރުން 5 އަހަރުން ބިމުކުލީގެ ރޭޓަށް އަކަފޫޓަކަށް 10 ލާރި އިތުރުވާނެ ކަމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00 ގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ