މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަތޮޅު ކައުންސިލް

ރ. އަތޮޅު ހޭންޑްބޯލް މުބާރާތް ދުވަސް 2: މަޑުއްވަރީއާއި އިނގުރައިދޫއަށް ނާކާމިޔާބީ‏

ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ އަތޮޅު ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ރ. މަޑުއްވަރީގެ ހޭންޑްބޯލް ޓީމާ ވާދަކޮށް ކުރި ހޯދާފައިވަނީ ރ. ހުޅުދުއްފާރުންނެވެ.

ހުޅުދުއްފާރުން މި މެޗް ކާމިޔާބުކުރީ 7 - 5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދުއްފާރު ޓީމުގެ ޖާޒީ ނަމްބަރު 17 އައިޝަތު މަރީޝާއެވެ.

​މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ އަނގޮޅިތީމާއި އިނގުރައިދޫއެވެ. މިމެޗުން އަނގޮޅިތީމު މޮޅުވީ، އިނގުރައިދޫ ޓީމާ ވާދަކޮށެވެ. މިމެޗުން އަނގޮޅިތީމު މޮޅުވީ 13-7 ގެ ބޮޑު ތަފާތަކުންނެވެ.

މިއީ މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހިތަން ފެނިގެންދިޔަ މެޗެވެ. މިނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތީ އަނގޮޅިތީމެެވެ.

މި މެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވުނީ އަނގޮޅިތީމު ޓީމުގެ ޖާޒީ ނަންބަރު 9 ފާޠިމަތު ރިޝްމާއެވެ.

މި މުބާރާތުގައި މާދަމާ އޮންނާނީ އިނގުރައިދޫއާއި ހުޅުދުއްފާރު ބައްދަލުކުރާ މެޗެވެ. އޭގެ އިތުރުން އަގޮޅިތީމާއި މަޑުއްވަރީ ވެސް ބައްދަލުކުރާނެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ