މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

މަސްތުވާތަކެއްޗާއެކު ރ. މީދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މީދުއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ރޭ ހިންގި އެ އޮޕަރޭޝަންގައި އެރަށު މަގުމަތިން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންނަން އުޅުމުން އޭނާގެ އަަތުގައި އޮތް އެއްޗެއް އެއްލައިލުމުން އޭނާގެ ހާޟިރުގައި އެތަކެތި ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 52 ކަރުދާސްކޮޅު ފެނިފައިވާކަމަށާއި މި މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން ގެންދާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. 

މިމީހަކީ މީދޫއަށް ނިސްބަތްވާ މީހެއް ނޫންކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލި 4 years ago

މީދޫއަށް ނިސްބަތްވާ މީހެއް ނޫންކަން ހިމަނާލާފަ އިނީމަ ސަޅި

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ