މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ; އަތޮޅު ކައުންސިލް

ރ. އަތޮޅު ކައުންސިލްގެ މުބާރާތްތައް ހޮސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރ. އަތޮޅު ކައުންސިލުން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ދެ މުބާރާތެއް ހޮސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކައުންސިލުން މިއަދު ބުނީ, އެ ކައުންސިލުން ބާއްވަން ނިންމާފައިވާ ހޭންޑް ބޯލް މުބާރާތާއި ވޮލީ މުބާރާތް އިންތިޒާމުކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

އެގޮތުން, ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތަކީ މިއަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި ދެ މުބާރާތް ވެސް ބާއްވަން މިހާރު ނިންމާފައިވަނީ 25 ސެޕްޓެމްބަރުގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ