މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މީދޫ ވޮލީ ކޯޓް- ފޮޓޯ: އެކުވެރިކުލަބް

ރ. އަތޮޅު ވޮލީ އަދި ހޭންޑްބޯލް މުބާރާތް އޮންނާނީ މީދޫގައި

މި އަހަރު ރ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ ހޭންޑް ބޯލް މުބާރާތާއި ވޮލީ މުބާރާތް ރ. މީދޫގައި ކުރިއަށްގެންދަން އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މި ދެ މުބާރާތް ހޮސްޓް ކުރާނެ ބަޔަކު ހޯދުމަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަތޮޅު ކައުންސިލުން ހުޅުވާލުމުން މިކަމަށް އެދި ހުށަހަޅާފައިވަނީ ރ. ރަސްމާދޫންނާއި ރ. މީދޫ އެކުވެރި ކުލަބުންނެވެ. 

އެ ޕްރޮޕޯސަލްތަކަށް ބަލައި އަތޮޅު ކައުންސިލުން ވަނީ މި ދެ މުބާރާތް ހޮސްޓް ކުރުމަށް މީދޫ އެކުވެރި ކުލަބާއި ހަވާލުކުރަން ނިންމާފައެވެ. 

މި ދެ މުބާރާތް ވެސް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. 

ރ. މީދޫ އެކުވެރި ކުލަބަކީ ރަށު ފެންވަރުގައި ގިނަ ހަރަކާތްތަކެއް ހާއްސަކޮށް ކާމިޔާބު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންދާ ޖަމިއްޔާއެކެވެ. އެގޮތުން ދާދިފަހުން އެ ކުލަބުން ހިންގި އިތާ 2024 އަކީ ރާއްޖޭގެ ލެވެލްގައި ވެސް ފާހަގަކޮށްލެވިގެން ދިޔަ ކާމިޔާބު ވޮލީ މުބާރާތެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ