މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަތޮޅު ކައުންސިލް

އަތޮޅު ހޭންޑްބޯލް މުބާރާތުގައި 9 ރަށް، ވޮލީ މުބާރާތުގައި 5 ރަށެއް

ރ. އަތޮޅު ކައުންސިލުން ކުރިއަށްގެންދަން ނިންމާފައިވާ ހޭންޑްބޯލް އަދި ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ މައުލޫމާތު އެ ކައުންސިލުން އާންމު ކޮށްފިއެވެ.

އެގޮތުން، ހޭންޑްބޯލް މުބާރާތުގައި ޖުމުލަ 9 ރަށަކުން ބައިވެރިވެފައިވާއިރު އެ ރަށްރަށަކީ، ކިނޮޅަސް، އިންނަމާދޫ، ހުޅުދުއްފާރު، މީދޫ، އުނގޫފާރު، ރަސްމާދޫ، މަޑުއްވަރީ، ދުވާފަރު އަދި އިނގުރައިދޫއެވެ. 

މި އަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އަނގޮޅިތީމު ބައިވެރިވެފައެއް ނުވެއެވެ. 

ދެން އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތުގައި ވަނީ 5 ރަށަކުން ބައިވެރިވެފައެވެ. އެއީ، ކިނޮޅަސް، މީދޫ، އުނގޫފާރު، ރަސްމާދޫ އަދި ދުވާފަރެވެ. މިއީ މި އަހަރު މުޅީން އަލަށް އަތޮޅު ކައުންސިލުން ފަށާ މުބާރާތެވެ. 

މި ދެ މުބާރާތް ވެސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ގައެވެ. މި ދެ މުބާރާތް ވެސް ކުރިއަށްދާނީ ރ. މީދޫގައެވެ. މުބާރާތް އިންތިޒާމު ކުރަނީ އެ ރަށު އެކުވެރި ކުލަބުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބާބޫ ރ.އަތޮޅު 3 months ago

މީދޫގަ ބާއްވާތީ ގިނަ ރަށްރަށުން ބައިވެރި ނުވިކަމަށް މަޢުލޫމާތު ލިބޭ. އަތޮޅު ކޮޅުގަ، އޮންނަ ރަށެއް....އުނގޫފާރުގަ ބޭއްވި ނަމަ ސަޅިވީސް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ