މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަތޮޅު ކައުންސިލް

ރ. އަތޮޅު ހޭންޑްބޯލް މުބާރާތް: ފުރަތަމަ މެޗް ކިނޮޅަސް ކާމިޔާބު ކޮށްފި

ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރ. އަތޮޅު ކައުންސިލުން ބާއްވާ ހޭންޑްބޯލް މުބާރާތް މިއަދު ފަށައިފިއެވެ.

ރ. މީދޫ އެކުވެރި ކުލަބާއި ހަވާލުކޮށްގެން ރ. މީދޫގައި މިފަހަރު ކުރިއަށް ގެންދާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. 

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް ވިދާޅުވީ، މިފަދަ މުބާރާތްތައް ކުރިއަށް ގެންދަނީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށާއި ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އަތޮޅަށް މުޅިން އަލަށް ތައާރަފުކުރި މި ކުޅިވަރު މުބާރާތްތަކުގެ އެންމެ ބޮޑު އެއް މަގުސަދަކަށް، އަތޮޅުގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުން ވާކަމަށެވެ. 

އަދި ކަސްރަތާއި ގާތަށް ދެވެން އޮންނަ މަގަކަށް މިފަދަ މުބާރާތްތައް ވާކަން ފާހަގަ ކުރައްވައި ނާސިފު ވަނީ މުބާރާތް އަމާންކަމާއި އޮމާންކަމާއިއެކު ކުރިއަށް ގެންދިޔުމުގައި ރަށްރަށުގެ ޓީމްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. 

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު މެޗްގައި ބައްދަލުކުރީ ކިނޮޅަސް އަދި ހުޅުދުއްފާރުގެ ޓީމެވެ. މި މެޗް 16 – 11 އިން ކާމިޔާބު ކުރީ ކިނޮޅަސް ޓީމުންނެވެ. މި މެޗްގެ ކްއީންއަކަށް ހޮވުނީ، ކިނޮޅަސް ޓީމްގެ ތައުދިއްޔާއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އޭރު 2 months ago

ފޯރި ގަދަވާނެތް އިނގުރައިދޫ ކުޅޭ މެޗުތަ އިނގުރައިދޫ މުބާރާތަ ފުރިހަމައަށް ތައްޔާރުވެފައި

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ