މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރ. އަތޮޅު ކައުންސިލް

އަރުތަ ހޭންޑްބޯޅަ މުބާރާތް: މިއަދުގެ މެޗްތައް ކާމިޔާބުކުރީ ދުވާފަރާއި މަޑުއްވަރީ

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އަރުތަ ހޭންޑްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗްތައް މަޑުއްވަރީ އާއި ދުވާފަރުން ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު އެންމެ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ދުވާފަރު އަދި ރަސްމާދޫއެވެ. މި މެޗް ދުވާފަރުން ކާމިޔާބު ކޮށްފައިވަނީ 10 – 9 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ދުވާފަރު ޓީމްގެ ޖާޒީ ނަންބަރު 21 އާމިނަތު މަލާޒާ މުޙައްމަދެވެ. 

މިއަދު ދެން ކުޅުނު މެޗްފައި ބައްދަލުކުރީ، އިންނަމާދޫ އަދި މަޑުއްވަރީއެވެ. މި މެޗް ބޮޑު ތަފާތަކުން ފަސޭހަކަމާއެކު ކާމިޔާބު ކުރީ މަޑުއްވަރީންނެވެ. މި މެޗްގައި މަޑުއްވަރީން ވަނީ 21 ގޯލް ޖަހާފައެވެ. އިންނަމާދޫއަށް ސްކޯ ކުރެވުނީ 7 ގޯލެވެ. 

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޑުއްވަރީ ޓީމްގެ ޖާޒީ ނަންބަރު 13 މަރިޔަމް އަރުޝީއެވެ. 

މި މުބާރާތުގައި މާދަމާ ވެސް ދެ މެޗް ކުޅޭނެއެވެ. އެ މެޗްގައި ބައްދަލު ކުރާނީ ކިނޮޅަސް އާއި އިނގުރައިދޫ، އަދި އުނގޫފާރާއި މީދޫއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ