މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ؛ ކިނޮޅަސް ވޮލީ ޓީމް

ކުރިއަށް އެއް މެޗް އޮއްވާ ކިނޮޅަސް މުބާރާތުގެ ފައިނަލަށް

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރ. އަތޮޅު ވޮލީ މުބާރާތުގެ ފައިނަލަށް ކިނޮޅަސް ވޮލީޓީމް ދަތުރުކޮށްފިއެވެ.

ޖުމުލަ 5 ޓީމެއް ބައިވެރިވި މި މުބާރާތުގެ ތާވަލު އެތުރިފައިވާގޮތުން ދުވާފަރު ޓީމުން މިހާތަނަށް އެންމެ މެޗެއް ކުޅެފައިވާއިރު ކިނޮޅަސް ޓީމުން ވަނީ 3 މެޗް ކުޅެފައެވެ.

އެ 3 މެޗުވެސް ސީދާ 3 ސެޓުން ކާމިޔާބު ކުރީ ކިނޮޅަސް ޓީމުންނެވެ.

މި މުބާރާތުގައި ކިނޮޅަސް ޓީމުން ދުވާފަރާއިއެކު ކުޅޭ މެޗް އަދި ކުރިއަށް އޮތީއެވެ. ނަމަވެސް މި މުބާރާތުގައި ތިން މެޗުން މޮޅުވެގެން ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތީ ދުވާފަރާއި ކިނޮޅަހަށެވެ.

އެހެންކަމުން ކުރިއަށް މެޗެއް އޮއްވާ ކިނޮޅަސް މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. 

މި މުބާރާތުގައި މާދަމާ ވެސް މެޗެެއް ކުޅޭނެއެވެ. މި މެޗްގައި ވާދަކުރާނީ ދުވާފަރާއި އުނގޫފާރެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ