ބޮޑު ތަފާތަކުން ހުޅުދުއްފާރު ބަލިކޮށް ދުވާފަރު ފައިނަލަށް
ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އަރުތަ ފުޓްސަލް މުބާރާތުގެ ފައިނަލަށް ދުވާފަރު ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްގެ ފުރަތަމަ މެޗް މިއަދު ހަވީރު ކުޅެފައިވާއިރު ދުވާފަރާއި ދެކޮޅަށް ކުޅުނީ ހުޅުދުއްފާރެވެ.
މި މެޗް ދުވާފަރުން ކާމިޔާބު ކުރީ 10-1 އިންނެވެ.
ދުވާފަރުން މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ދުވާފަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޗެމްޕިއަނުންނެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗް ކުޅޭނީ މިރެއެވެ. އެ މެޗްގައި ބައްދަލުކުރާނީ އެންމެފަހުގެ ރަނަސްއަޕް އިނގުރައިދޫއާއި އުނގޫފާރެވެ.
މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރެވެ.
މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރެވެ.