މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯޯ: މިހާރު

ނައިފަރު ބަލިކޮށް ގުރޫޕް ސްޓޭޖުގެ ދެވަނަބުރުން އަލިފުށި ޖާގަ ހޯދައިފި

ޅ. ނައިފަރު ބަލިކޮށް ރ. އަލިފުށިން، ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގެ ދެވަނަ ބުރުން ޖާގަ ޔަގީން ކޮށްފިއެވެ.

ރޭ ކުޅުނު މެޗުން ނައިފަރު ބަލިކޮށްފައިވާއިރު އަލިފުށިން މިހާރު މިވަނީ ގުރޫޕް ޑީގެ ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފައެވެ. ނައިފަރަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައި ވާއިރު، މި ގުރޫޕްގައި ހިމެނޭ ކ. މާފުއްޓާއި ބ. ކެންދޫ ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ.

ރޭގެ މެޗްގައި އަލިފުއްޓަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް އަހުމަދު ހުސާމް (ހުސާންކޮ) އެވެ. 

މެޗުގެ 82 ވަނަ މިނިޓުގައި އެ ޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ އިމްރާންއެވެ. އޭނާ މި ގޯލު ޖެހީ، ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ފޮނުވާލި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ރޭގެ މެޗްގައި އަލިފުށި ޓީމުން ދެއްކި މޮޅު ކުޅުމާއި އެއްވަރަށް އެ ޓީމްގެ ސަޕޯޓަރުން ވަނީ ވަރަށް ފޯރިގަދަ ސަޕޯޓެއް ދީފައެވެ. ހާއްސަ ގޮތެއްގައި ރ. އަތޮޅުގެ އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ރޭ އަލިފުށި ޓީމަށް ސަޕޯޓު ކުރުމަށް ގަލޮޅު ދަނޑަށް ގޮސްފައެވެ. އަދި މެދު ނުކެނޑި ދިން ސަޕޯޓު ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ