މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝާހިދު

ފައިނުގެ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

ރ. ފައިނު ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ފައިނު ބްރާންޗުން ފަށައިފިއެވެ.

ރ. ފައިނު ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ފައިނު ބްރާންޗުން ފަށައިފިއެވެ. 

ފެނަކަ ކޯޕަރޭޝަން ފައިނު ބްރާންޗުން މަޢުލޫމާތު ދިން ގޮތުގައި، އަމިއްލަ ފަރާތަކާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދާ މި މަސައްކަތުގެ ދަށުން، 3500 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިޔަށް ދާނެއެވެ. އަދި އެއާއިއެކު 32 ޑިސްޓްރިބިއުޝަން ފޮށި ގުޅާލެވޭނެ ކަމަށްވެސް ފެނަކަ ފައިނު ބްރާންޗުން މަޢުލޫމާތު ދެއެވެ. 

މިކަމާއި ގުޅޭގޮތުން، ފެނަކަ ފައިނު ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ އަޙްމަދު ރިޝްފާން ވިދާޅުވީ، މިހާރު ކުރިޔަށްދާ އަޕްގްރޭޑްގެ މަސައްކަތް ނިމުމުން، ކުރިޔަށް އޮތް 30 އަހަރުގެ ތެރޭގައި ރަށުގެ ކޭބަލް ނެޓްވޯކް ބަދަލު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފައިނުގެ ނެޓްވޯކް އައުވެ އެންމެ އެކަށީގެންވާ ގޮތުގައި ކަރަންޓް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. 

ރިޝްފާން ވިދާޅުވީ، މިރަށުގެ ކަރަންޓްގެ ޚިދުމަތް ހަރުދަނާ ކުރުމުގެ އެންމެހާ މަސައްކަތްތަކުގައި ބޭނުންވާ ވަސީލަތްތައް ފޯރު ކޮށްދިނުމާއި އެކަންކަމުގައި ވެދެއްވާ އެހީތެރިކަމަށްޓަކައި، ފެނަކަ ފައިނު ބްރާންޗްގެ ހުރިހާ މުވައްޒަފުންނާއި ފައިނު ރައްޔިތުންގެ ނަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދާއި ފެނަކަ ޓީމް އަދި ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. 

މިއަދު އަމަލީ މަސައްކަތް ފެށި މި މަސައްކަތް ނިންމަން ހަވާލު ކޮށްފައިވަނީ 45 ދުވަހެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ