މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އިނގުރައިދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ފަލާޙް ކާމިޔާބު ކުރައްވައިފިއެވެ. އިނގުރައިދޫ ދާއިރާގެ ރައްޔިތުން ވޯޓުލީ ހުރިހާ ފޮއްޓެއްގެ ނަތީޖާ އަދި ލިބިފައެއްނުވެއެވެ. ނަމަވެސް، ފަލާޙް ވޯޓު ހޯއްދެވި އަދަދަށް ބަލާއިރު ވޯޓުގެ ތަފާތުން ފަލާޙް މި އިންތިހާބު ކާމިޔާބުކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. ތަފުސީލް އަންނަނީ..
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފައިނުގައި ބެހެއްޓި ފޮށިން އިނގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ އިބްރާހީމް ފަލާޙް ބޮޑުތަފާތަކުން ކުރި ހޯދައިފިއެވެ. މި ފޮށިން ފަލާޙް ވަނީ ޖުމުލަ 172 ވޯޓު ހޯދާފައެވެ. އެއީ ފައިނުގައި ބެހެއްޓި ފޮއްޓަށް ވޯޓުލީ މީހުންގެ 67 އިންސައްތައެވެ.ފައިނުގައި ބެހެއްޓި ފޮށީގެ ނަތީޖާ:1. އިބްރާހީމް ފަލާޙް، 172 ވޯޓު 2. ޙަސަން ގާސިމް، 13 ވޯޓު3. ސަލީމް ޙުސައިން، 14. އިސްމާއީލް ޢަލީ، 63 ބާތިލު...