މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: އިބްރާހީމް ވަސީމް

އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ކައުންސިލާއި ސްކޫލަށް މޮޅެއް

ފައިނުގެ މުއައްސަސާތަކުގެ މެދުގައި މިހާރު ފަށާފައިވާ "އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގައި ރޭ ވެސް ވަނީ ދެ މެޗެއް ކުޅެފައެވެ.

ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ، ފައިނު ސްކޫލާއި ފެނަކަ ފައިނު ބްރާންޗްގެ ޓީމެވެ. 3 - 2 ން ފައިނު ސްކޫލްގެ ޓީމް ކާމިޔާބުކުރި މި މެޗްގައި އެ ޓީމުން ގޯލްތައް ޖަހާފައިވަނީ، އިސްމާޢީލް ރަޝީދު، ޢަބްދުއް ޝަހީދު އަދި އާދަމް އިޙްސާންއެވެ. ފެނަކަ ޓީމުން ގޯލްތައް ޖެހީ އަސްރަފް އިބްރާހީމް އަދި އިސްމާޢީލް ޝަފީޢުއެވެ.

މި މެޗްގެ މޭން އޮފްދަ މެޗްގެ މަޤާމް ހޯދީ ސްކޫލް ޓީމުގެ ޢަބްދުއް ޝަހީދުއެވެ.
ރޭގެ ދެވަނަ މެޗްގެ ތެރެއިން - ފައިނު އޮންލައިން ފޮޓޯ: އިބްރާހީމް ވަސީމް
ރޭ ކުޅުނު ދެވަނަ މެޗްގައި ބައްދަލު ކުރީ ކައުންސިލްގެ ޓީމާއި އެމްޑަބްލިއުއެސްސީގެ ޓީމެވެ. މި މެޗް 6 - 5 ން ކާމިޔާބު ކުރީ ކައުންސިލް ޓީމެވެ. މި މެޗްގައި ކައުންސިލް ޓީމުގެ އަޙްމަދު ވަޙީދުވަނީ 4 ގޯލް ޖަހާފައެވެ. އަނެއް ދެ ގޯލް ޖެހީ އިބްރާހީމް ފަހީމް އަދި ނައުޝާދު ޢަބްދުއް ރައްޒާޤްއެވެ. މި މެޗްގައި އެމްޑަބްލިއުއެސްސީން ޖެހި ގޯލްތައް ޖެހީ މުޙައްމަދު ރިޔާޒް 2، ޙުސައިން އިރުޝާމް، ޙަސަން މުޙައްމަދު މަނިކު އަދި ޢަބްދުލް ވައްޙާބް ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ.

މި މެޗްގެ މޭން އޮފްދަ މެޗްގެ މަޤާމް ހޯދީ ކައުންސިލް ޓީމްގެ އަޙްމަދު ވަޙީދެވެ.

މި މުބާރާތުގައި މިރޭ ވެސް 2 މެޗެއް ކުޅޭނެއެވެ. މިރޭ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ، އެމްޑަބްލިއުއެސްސީއާއި ފެނަކަ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޞިއްޙީ މަރުކަޒާއި ސްކޫލް ޓީމެވެ.

ގުޅުންހުރި ގެލެރީ

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ