މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޖޭއެސް

އެމްޖޭއެސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ހަވާސް

އެމްޖޭއެސް ފުޓްސަލް ޗެލެންޖް 2022 ގެ ޗެމްޕިއަންކަން ހަވާސް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި އިއްޔެ ރޭ ކުޅުނު ފައިނަލް މެޗްގައި ބައްދަލު ކޮށްފައިވަނީ ހަވާސް ސްޕޯޓްސް ކުލަބު އަދި ގާގަނޑު އެފްސީއެވެ.  ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް 6-3 ގެ ނަތީޖާ އަކުން މެޗް ކާމިޔާު ކޮށްފައި ވަނީ ހަވާސް ސްޕޯޓްސް ކުލަބުންނެއެވެ.

މިމެޗްގެ މޮޅުކުޅުން ތެރިއަކަށް ހޮވިފައިވަނީ ހަވާސް ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 23 އަހްމަދު އާސިފް (އޮއިއްޓެ) އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ؛

ހަވާސް ސްޕޯޓްސް ކުލަބުގެ ނާޖިހް މުޙައްމަދު (ނެޓޯ)
ހަވާސް ސްޕޯޓްސް ކުލަބުގެ އަޙްމަދު އާސިފް (އޮއިއްޓެ)
ހަވާސް ސްޕޯޓްސް ކުލަބުގެ އަހްނާފް އަޙްމަދު
ތަންގަނޑު އެފްސީގެ އަޙްމަދު ޙުސައިން
ގާގަނޑު އެފްސީގެ ޢަލީ ނަޒުމީ

މުޅި މުބާރަތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި ފުޓްސަލް ކިންގްއަކަށް ހޮވިފައިވަނީ ހަވާސް ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 39 ނާޖިހް މުހައްމަދު (ނެޓޯ) އެވެ.

މުޅި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަކަށް އެފްސީ ޔުނައިޓެޑްގެ ވިޖްދާން ހުސައިން ފާއިޒް ހޮވިފައިވާއި އެންމެ މޮޅޮ ކޯޗަކަށް ހޮވިފައި ވަނީ ހަވާސް ސްޕޯޓްސް ކުލަބް ގެ ކޯޗް  ހާފިޒް ރަހްމަތުﷲއެވެ.

މީދޫ ޖަމިއްޔަތުއް ސަލާހަކީ އެ ރަށުގައި ކާމިޔާބު ގިނަ މުބާރާތްތަކެއް ވަރަށް ކުރީއްސުރެވެސް ހިންގަމުން ގެންދާ ޖަމިއްޔާއެކެވެ. އަދި އިޖުތިމާއީގޮތުން އަތޮޅު ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޖަމިއްޔާއެކެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ