މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޖޭއެސް

ރާބަދި ޗެލެންޖު 2024: ފައިނަލަށް ކޯރާ ކޯރާ އަދި ދިގަލި

ރ. މީދޫ ޖަމިއްޔަތުއް ސަލާހުން ކުރިއަށް ގެންދާ ރާބަދި ޗެލެންޖުގެ މި އަހަރުގެ މުބާރާތުގެ ފައިނަލަށް ކޯރާ ކޯރާ އަދި ދިގަލި ދަތުރު ކޮށްފިއެވެ.

ކޯރާ ކޯރާއިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުޑަފުއްޓާއި ވާދަކުރި މެޗު ފަސޭހަކަމާއެކު 6-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެނެވެ.

ދިގަލި ފައިނަކަށް ދިޔައީ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ބަލިކޮށްގެނެވެ. ދިގަލި މޯލްޑިވްސް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕެވެ.

މީގެ ކުރިން ދެފަހަރު ފައިނަލުގައި ކުޅެ 2019 ގައި ދިގަލި މޯލްޑިވްސް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވާއިރު، މިއީ ކޯރާ ކޯރާ މޯލްޑިވްސް އިން ފައިނަލުގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ