މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މޮރޮކޯއިން އުފާފާޅުކުރަނީ

ގިނަބަޔަކު ހީކުރިގޮތާ ހިލާފަށް މޮރޮކޯއިން ސްޕެއިން ކަޓުވާލައިފި

ފީފާ ވޯލްޑްކަޕްގައި މިރޭ ސްޕެއިން އާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް ދެ ޓީމުންކުރެ ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އެހެންވެ، އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެ 30 މިނެޓު ނިމިގެން ދިޔައީ ވެސް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ. 

މުޅި މެޗުގައިވެސް ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ޕާސްތަކެއް ޖަހައި މޮޅަށް ކުޅުނީ ސްޕެއިނުންނެވެ. ނަމަވެސް، މުޅި މެޗު ނިމެންދެން މޮރޮކޯގެ ކުޅުންތެރިން ކުރި ހިތްވަރުން އެ ހަމަލާތައް ވަނީ ހުއްޓުވާފައެވެ.

މެޗުގައި ޕެނަލްޓީ ޝޫޓްއައުޓްގައި، ސްޕެއިން އިން ޖެހި ދެ ޕެނަލްޓީއެއް ގޯލް ކީޕަރުވަނީ ހިފަހައްޓާފައެވެ. ދެން ޖެހި ޕެނަލްޓީވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މޮރޮކޯއިން ޖެހި އެއް ޕެނަލްޓީ ކީޕަރު ހިފެހެއްޓިނަމަވެސް އަނެއް ތިން ޕެނަލްޓީ އެމީހުން ގޯލަށް ވައްދާލިއެވެ. 

މިއީ މޮރޮކޯ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. 

މި މޮޅާއިއެކު ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރާނީ މިރޭ ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ