މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ގެޓީ

ރާމޮސްގެ ހެޓްރިކާއެކު ސްވިޒަލޭންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާއަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްވިޒަލޭންޑް ބަލިކޮށް ޕޯޗުގަލް އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 1-6 ގެ ނަތީޖާ އިންނެވެ.

މިރޭގެ މެޗު ފަށައިގެން ޕޯޗުގަލް އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޕޯޗުގަލް އިން އެންމެ ފުރަތަމަ ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައި ގޮންސަލޯ ރާމޯސްއެވެ. 

ޕޯޗުގަލްގެ ދެ ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ އިތުބާރު ޑިފެންޑަރު ޕެޕޭ، މެޗުގެ 33 ވަނަ މިނެޓުގައެވެ. 

ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައެވެ. 

ނަމަވެސް، މެޗުގެ 51 ވަނަ މިނެޓުގައި ޕޯޗުގަލް އިން ލީޑު އިތުރަށް ފުޅާ ކުރިއެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގޮންސަލޯ ރާމޯސް ޕޯޗުގަލްގެ ތިން ވަނަ ލަނޑު ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ ހަތަރު މިނެޓުފަހުން ރާމޮސް ނަގައިދިން ހުރަހަކުން ރަފައެލް ގަރައެރޯ ޕޯޗުގަލްގެ ހަތަރު ވަނަ ގޯލު ޖަހައިދިނެވެ. 

ޕޯޗުގަލް އިން ފަސް ވަނަ ގޯލު ޖެހީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މިއީ ރާމޯސް ހެޓްރިކް ފުރިހަމަކުރި ލަނޑެވެ. 

ޕޯޗުގަލްގެ ހަ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. މިއީ ގަރައެރޯ ދިން ޕާހަކުން ރަފައެލް ލިއާއޯ ޖެހި ގޯލެކެވެ.

މި ނަތީޖާއާއިއެކު ޕޯޗުގަލް ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު އެޓީމް ކުއާޓާގައި ކުޅެން ޖެހޭނީ މޮރޮކޯ އާއެވެ. 

މިލިޔުން ކިޔާލުމުން

50%
އުފާވި
50%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ