މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސް

ފޭސް ވެޓެރަންސް ކަޕް މިމަހު 13 ގައި ފަށަނީ

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސް އިން ކުރިއަށް ގެންދާ ވެޓެރަންސް ކަޕް މިމަހު 13 ގައި ފަށަން ހަމަޖެހިއްޖެއެވެ.

މިފަހަރުގެ ބާއްވަން ނިންމާފައިވަނީ އުމުރުން ދުވަސްވީ ފިރިހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތަކާއި ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ބޮއްޕު މުބާރާތެކެވެ.

މުބާރާތުގެ ޓީމުތައް މިހާރުވަނީ އެކުލަވާލާފައެވެ. އެގޮތުން ކޮންމެ މުބާރާތެއްގައި ވެސް 3 ޓީމް ބައިވެރިވެފައިވެއެވެ. 

މި މުބާރާތުގެ ފައިނަލް މެޗު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. 

ފޭސް އިން ބުނެފައިވަނީ މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އިސް ރަށްވެހިންނަކީ ދުޅަހެޔޮ ހެލިފެލިވެ އުޅޭ ބަޔަކަށް ހެދުން ކަމަށެވެ. ފޭސް އިން 2021 ވަނަ އަހަރުވެސް ވަނީ ވެޓެރަންސް ކަޕެއް ބާއްވާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ