މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސް

ފޭސް ވެޓެރަންސް ކަޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސް އިން ފައިނުގައި ކުރިއަށް ގެންދިޔަ ވެޓެރަންސް ކަޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ވެޓެރަންސް ކަޕްގައި މިފަހަރު ފޭސް އިންވަނީ 40 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކޮށްގެން ދެ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވި ބޮއްޕު މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރީ ހޭޅި އަދި މުޑާލި ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޑާލި ޓީމެވެ. 
މުބާރާތުގެ ޗެމްޕިއަން މުޑާލި - ފޮޓޯ: ފޭސް
މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއަކީ ސާރާ އިބްރާހީމެވެ. އަދި އެންމެ މޮޅު އުކުންތެރިއާއަކީ ނަދީމާ ޢަލީއެވެ. އެންމެ ގިނަ ބޯޅަ ހިފީ ސަމްސުއްނިސާ މުޙައްމަދެވެ. އެންމެ ގިނަ ލަނޑު ހެދީ ޝަހުމާއެވެ. 

މިމުބާރާތުގެ ޕޮއްޕު ރާނީގެ މަގާމު ހޯދީ ސާރާ އިބްރާހީމްއެވެ. 

ފިރިހެނުންނަށް ހާއްސަ ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލްގައި ކުޅުނީ މުޑުވާލި އަދި ގާލެންޑޯއެވެ. މި މެޗް 4 – 2 އިން ކާމިޔާބު ކުރީ މުޑުވާލި ޓީމެވެ. 

މި މުބާރާތުގެ ޓޮޕް 5:
އާދަމް ނަސީރު 
އަޙްމަދު ރަޝީދު
އަޙްމަދު ވަޙީދު
އިސްމާޢީލް ޝަރީފް
އިސްމާޢީލް ރަޝީދު

މި މުބާރާތުގެ ފުޓްސަލް ކިންގް އަދި ޓޮޕް ސްކޯރަރގެ މަގާމު ހޯދީ މުޑުވާލި ޓީމްގެ އިސްމާޢީލް ރަޝީދެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ