މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
2019 ވަނަ އަހަރުގެ މުބާރާތުގެ ތެރެއިން

ފައިނު ސްޕޯޓްސް ފެސް‏ޓިވަލްގެ ފުޓްބޯޅަ މުބާރާތް ޖުލައި މަހު

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވަރސްގެ ފަރާތުން ފައިނުގައި ކުރިއަށް ގެންދާ ސްޕޯޓްސް ފެސްޓިވަލްގެ ފުޓްބޯޅަ މުބާރާތް މިއަހަރުގެ ޖުލައި 10 ގައި ފަށަން ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ފޭސްއިން ބުނީ، ސްޕޯޓްސް ފެސްޓިވަލްގައި ހިމެނޭ އެކި ކުޅިވަރު މުބާރާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލާފައިވާ ކަމަށާއި އެގޮތުން، ކަނބަލުންގެ ވޮލީ މުބާރާތް، ކުޑަކުދިންގެ ފުޓްސަލް މުބާރާތް ފަދަ މުބާރާތްތައް ބާއްވަން ނިންމާފައިވާކަމަށެވެ. 

މި އަހަރުގެ ޖުލައިގައި ބާއްވާ ފިރިހެނުންގެ ފުޓްބޯޅަ މުބާރާތް މިއަހަރު ބާއްވަން ރާވާފައިވަނީ އިނގުރައިދޫ ދާއިރާގެ ރަށްތަކަށްވެސް ހުޅުވާލައިގެނެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެ ރަށްރަށަށް މިހާރު ދީފައިވާކަމަށް ފޭސް އިން ބުނެއެވެ. 

ފައިނު ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ފޭސް އިން ސްޕޯޓްސް ފެސްޓިވަލެއް ބާއްވަން ފެށީ 2019 ވަނަ އަހަރުއެވެ. މެދުކެނޑުމަކަށްފަހު މިއަހަރު ފެސްޓިވަލް ބާއްވަން ނިންމާފައިވާއިރު މިއީ ރަށުގެ ގިނަބަޔަކު ޝާމިލްވާ ފެސްޓިވަލަކަށް ވާނެއެވެ.

މިލިޔުން ކިޔާލުމުން

25%
އުފާވި
25%
ދެރަވި
25%
ހިނިއައި
25%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ