މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ދުވާފަރު

​ދުވާފަރު ދޯންޏެއްގައި އަލިފާން ރޯވުން: އެކަކުގެ 25 އިންސައްތަ ފިހިފައި

ރ. ދުވާފަރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ރަށުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރާ ދޯންޏެއްގައި އެ ހާދިސާ ހިނގީ ދޯނި ސާފު ކުރުމުގެ ތެރޭގައި ބޭނުންކުރި ކެމިކަލްތަކެއްގެ ސަބަބުން ކަމަށް އެ ރަށު ކައުންސިލާ ހަވާލާދީ ބައެއް ނޫސްތަކުގައި ވެއެވެ.

އެ ހާދިސާގައި ފިހުނު ތިން މީހުންނަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިއްޔެ ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

އެ ހޮސްޕިޓަލުން މިއަދު ބުނީ، އެ ހާދިސާގައި ފިހުނީ 24، 26، އަދި 34 އަހަރުގެ ތިން ދިވެހި ފިރިހެނުން ކަމަށެވެ.

އޭގެ ތެރެއިން 34 އަހަރުގެ ފިރިހެން މީހާގެ 25 ޕަސެންޓް ފިހިފައިވާ ކަމަށާއި އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ހަފްތާއެއް ވަންދެން ބާއްވާނެކަމަށް ވަނީ ބުނެފައެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ، ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ