ޖަމިއްޔަތުލް އިއްތިހާދުގެ 12 ވަނަ ފުޓްބޯޅަ މުބާރާތް ފެށިގެން ކުރިއަށް
ރ. ކިނޮޅަހު ޖަމިއްޔަތުލް އިއްތިހާދުގެ 12 ވަނަ ފުޓްބޯޅަ މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ.
ކިނޮޅަހު ފުޓްބޯޅަ ދަނޑުގައި ފެށި މި މުބާރާތުގައި ޖުމުލަ 4 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ، ޝޫޓަރސް ޔުނައިޓެޑް، ކުލަބް ކުރުމަގު، ޔޫކޭ ސްޕޯޓްސް އަދި އެފްސީ ދި އިންވިޒިބަލްއެވެ.
މިމަހުގެ 13 ވަނަ ދުވަހު ފެށި މި މުބާރާތުގައި ފުރަތަމަ މެޗްގައި ބައްދަލުކުރީ އިންވިސިބަލް އަދި ކުރުމަގެވެ. މި މެޗް 3 - 1 އިން އިންވިސިބަލް ކާމިޔާބު ކުރިއިރު، ދެވަނަ މެޗްގައި ޔޫކޭ ސްޕޯޓްސްއާއި ވާދަކޮށް ޝޫޓަރސް އިން މެޗް ކާމިޔާބު ކުރީ 1 - 0 އިންނެވެ.
މުބާރާތުގެ ތިންވަނަ މެޗްގައި ކުރުމަގު އިން ވަނީ 1 - 0 އިން ޔޫކޭ ސްޕޯޓްސް ބަލިކޮށްފައެވެ. ހަތަރުވަނަ މެޗް ވެސް ޝޫޓަރސް އިން އިންވިސިބަލް އާއި ބައްދަލުކޮށް ކާމިޔާބު ކުރީ 1 - 0 އިންނެވެ.
ފަސްވަނަ މެޗް ޔޫކެ ސްޕޯޓްސް އާއި ދެކޮޅަށްކުޅެ އިންވިސިބަލް އިން ވަނީ ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ކުރުމަގެވެ.
މި މުބާރާތަކީ އެ ރަށު އަމިއްލަ ޖަމިއްޔާއަކުން ހިންގާ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ.