މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އެންމެފަހުގެ ޗެމްޕިއަން ދުވާފަރު

ގޯލްޑަން ފުޓްސަލް މުބާރާތުގައި ރ. އަތޮޅުގެ 7 ޓީމެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރ. އަތޮޅުގެ 7 ރަށަކުން ބައިވެރިވެއްޖެއެވެ.

މި މުބާރާތުގައި މި އަހަރު ބައިވެރިވާ ރަށްތަކަކީ، އެންމެފަހުގެ ޗެމްޕިއަން އިނގުރައިދޫ، ހުޅުދުއްފާރު، އަލިފުށި، ދުވާފަރު، މަޑުއްވަރީ، މީދޫ އަދި ފައިނެވެ. 

2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފަށާ މި މުބާރާތުގައި ޓީމްތައް ބައްދަލުކުރާނެ ގޮތުގެ ތާވަލު އަދި އާންމު ކޮށްފައެއް ނުވެއެވެ.

މި ދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވެފައިވަނީ ރ. އަތޮޅުގެ 3 ޓީމެކެވެ. އެހެންކަމުން މި އަހަރުގެ މުބާރާތުގެ އަތޮޅު ރައުންޑް ވެގެންދާނީ ވަރަށް ވެސް ފޯރިގަދަ ވާދަވެރި ރައުންޑެއްކަމަށް ގަބޫލުކުރެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
100%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ