މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ފުލުހުންނާ ކައުންސިލް ގުޅިގެން ފައިނުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ރ. އަތޮޅު އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަން އަދި ފައިނު ކައުންސިލް ގުޅިގެން ފައިނުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ފައިނުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ހޭލުންތެރިކުރުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ހަރަކާތެކެވެ. މި ޕްރޮގްރާމްގައި ކައުންސިލް މެންބަރުންނާ މުވައްޒަފުން ވެސް ވަނީ ބައިވެެރިވެފައެވެ.

އެ ހަރަކާތަށްފަހު ދެން އޮތީ އެ ރަށު ސޯސަންމަގުގެ ތުނޑި ސާފު ކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތުގައި މުއައްސަސާތަކާއި ފައިނު ސްކޫލްގެ ސްކައުޓް ދަރިވަރުން ވެސް ވަނީ ބައިވެރިވެފައެވެ.

ދެން އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ފައިނު ޒުވާނުންނާ ފުލުހުންގެ ޓީމާއެކު ބޭއްވި ފުޓްސަލް މެޗެކެވެ. މި މެޗް 10 - 3 އިން ކާމިޔާބުކުރީ ފައިނު ޒުވާނުންގެ ޓީމެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ