މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު އޮންލައިން/ ޒިޔާދު

ރ. އަތޮޅު ފުޓްސަލް މުބާރާތް ފަސްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން

ރ. އަތޮޅު ކައުންސިލުން ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުންދާ އަރުތަ ފުޓްސަލް މުބާރާތް ކުރިން ބާއްވަން ހަމަޖެއްސި ތާރީހު ބަދަލުކޮށް އެ މުބާރާތް ފަސްކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މި އަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހަށެވެ. ނަމަވެސް، ފަހުން އެ ތާރީހު މިހާރުވަނީ 9 ނޮވެމްބަރަށް ބަދަލު ކޮށްފައެވެ. 

އަތޮޅު ކައުންސިލްގެ ޖަލްސާއަކުން ދުވަސް ބަދަލުކުރިއިރު މި މުބާރާތުގައި ބައިވެރިވާން ޓީމްތަކަށް ފުރުސަތު ހުޅުވާލީ ވެސް މީގެ ދެ ދުވަސްކުރިންނެވެ. ނަމަވެސް ގިނަ ޓީމްތަކުން އޭރުވެސް ދިޔައީ ކޯޗުން ގެނެސްގެން މުބާރާތަށް ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދަމުންނެވެ. 

ފާހަގަ ކޮށްލެވޭގޮތުގައި މި މުބާރާތް ބާއްވާނެ ރަށެއް އަދިވެސް ވަނީ ކަނޑަނޭޅިއެވެ. އެކަމަށްއެދި 5 ވަރަކަށް ރަށުން ކުރިމަތިލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. 

މުބާރާތް ބާއްވަން ކުރިން ހަމަޖެއްސި ދުވަސް ކައިރިވަމުން ދަނިކޮށް އިއްޔެވަނީ މި މުބާރާތް ނޮވެމްބަރު 9 ވަނަ ދުވަހަށް ފަސްކުރަން ކައުންސިލުން ނިންމިކަން ހާމަކޮށްފައެވެ. 

އެއާއި ގުޅިގެން މީސްމީޑިއާގައި ދަނީ ގިނަބަޔަކު ފާޑުކިޔަމުންނެވެ.​ 

ބައެއް ފަރާތްތަކުން ބުނެފައިވަނީ، އަތޮޅު ކައުންސިލްގެ މުބާރާތްތައް ބާއްވަން އިއުލާނުކުރާއިރު ބާއްވާނެ ރަށެއް ފައިނަލްވެފައި ނޯންނަކަމަށާއި މުބާރާތްތައް އިއުލާނު ކުރަނީވެސް ވަގުތު ކުޑަތަންވެފައި އޮއްވާކަމަށެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ވެސް މުބާރާތް ބާއްވާނެ ރަށެއް ފައިނަލްވީ މުބާރާތް ފަށަން މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާކަމަށާއި މިފަހަރުގެ ނިންމުމުގެ ސަބަބުން ގިނަ ޓީމްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ވަނީ ބުނެފައެވެ. 

އެގޮތުން ބޮޑުއަގު ދީފައި ކޯޗުން ގެނެސްފައިވާ ޓީމްތަކުގައި ކޯޗުންނަށް އެ މުއްދަތަށް މަޑުނުކުރެވުމާއި ވަޒީފާތަކުގައި އުޅޭ ގިނަ ކުޅުންތެރިންނަށް ޗުއްޓީގެ ތާށިކަން ކުރިމަތިވާކަން އެފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން އަތޮޅު ކައުންސިލްގެ ރަސްމީބަހެއް އަދި ވަނީ ނުލިބިފައެވެ. ނަމަވެސް، އެނގިފައިވާގޮތުގައި މުބާރާތް ފަސްކުރީ ހޯސްޓްކުރަން ކަނޑައަޅާ ރަށަކަށް ތައްޔާރީތަކަށް އެކަށީގެންވާ މުއްދަތެއް ދިނުމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަބީބު 1 month ago

ތީ ތަންތަނުގައި މުބާރާތް ބާއްވާތީ ބާއްވާ ބައެ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އިއްސެ 1 month ago

ތީ އުނގޫފާރު ކައުންސިލްގެ ރޭވުމެއް. މިދިޔަ އަހަރު މުބާރާތްނުބާވަން ހިފާފާ މިހާރު އެޅެނީ ރަށަށްމީހުންއަރާވަރު މަދުވެގެބް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކަރީމް 1 month ago

ވަކިބަޔަކު ބުނާގޮތްހަދަންވީމަ ވާނީ އެހެން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ