މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަތޮޅު ކައުންސިލް

​އަރުތަ ފުޓްސަލް މުބާރާތް: ކިނޮޅަސް، ރަސްމާދޫ އަދި އިންނަމާދޫއަށް ނާކާމިޔާބީ

ރ. އަތޮޅު ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުގައި ކިނޮޅަސް، ރަސްމާދޫ އަދި އިންނަމާދޫއަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އިއްޔެ އެންމެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރަސްމާދޫ އަދި އުނގޫފާރެވެ. މި މެޗް އުނގޫފާރުން ކާމިޔާބުކުރީ 4-1 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އުނގޫފާރު ޓީމްގެ މުޙައްމަދު ސައިފުއެވެ.

ދެން އިއްޔެ ކުޅުނީ، އިނގުރައިދޫއާއި އިންނަމާދޫއެވެ. އެ މެޗް 6-0 އިން ކާމިޔާބު ކުރީ އިނގުރައިދޫންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫ ޓީމްގެ އަޙްމަދު އައިހަމްއެވެ.

ތިންވަނަ މެޗްގައި ރޭ ބައްދަލުކުރީ، ކިނޮޅަސް އަދި ދުވާފަރެވެ. މި މެޗް ދުވާފަރުން ކާމިޔާބުކުރީ، 7-0 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ދުވާފަރު ޓީމްގެ މުޙައްމަދު އިސާމްއެވެ.

މި މުބާރާތުގައި މިއަދު ވެސް 3 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިނގުރައިދޫ އަދި މަޑުއްވަރީއެވެ. ރޭގަނޑު އޮންނަ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ފައިނު އަދި އުނގޫފާރެވެ. ފަހު މެޗްގައި ބައްދަލުކުރާނީ އިންނަމާދޫ އަދި ދުވާފަރެވެ.

މިލިޔުން ކިޔާލުމުން

50%
އުފާވި
50%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ