މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝާހިދު

ރައީސް މީދޫއަށް ވަޑައިގެންނެވުމުން އިދިކޮޅުން އިހުތިޖާޖުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ރ. މީދޫއަށް ވަޑައިގެންނެވުމުން އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ރަށުގައި އިހުތިޖާޖު ކޮށްފިއެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ވަޑައިގެންނެވި ވަގުތާއި ދިމާކޮށް އެ ރަށުގައި ތިބި ރައީސް ޔާމީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާފައެވެ. 
 
އަދި މި ސަރުކާރާއި ރައީސް ޞާލިޙަށް ފާޑުކިޔާ އެކިއެކި ޕޯސްޓަރުތަކާއި ލިޔުންތައްވެސް އެއްވި ބައިވެރިންވަނީ ގެންގުޅެފައެވެ. 
މީދޫގައި އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން ދިޔައިރު އެ ސަރަހައްދުގައި ފުލުހުންދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި ރައީސް ފައިބާ ވަޑައިގަންނަވާ ދިމާއަށް އެއް ނުވެވޭގޮތަށް އޮތީ ޓޭޕް ދަމާ ވަކިކޮށްފައެވެ. 
 
ރައީސް ޞާލިޙް މީދޫއަށް ވަޑައިގެންފައި މިވަނީ ޕްރައިމަރީގެ ކެމްޕޭންގައި އަތޮޅުގެ ބައެއް އެހެން ރަށްރަށަށް ވެސް ވަޑައިގެންނެވުމަށްފަހުއެވެ. ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ މީދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މިލިޔުން ކިޔާލުމުން

29%
އުފާވި
29%
ދެރަވި
29%
ހިނިއައި
14%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ