މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ކިޔުންތެރިއެއް

އިންނަމާދޫ ނަރުދަމާ ނުނިންމާ މެޝިނަރީތައް ގެންދަނިކޮށް ރައްޔިތުންގެ ނުކުމެ ހުއްޓުވައިފި

އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ކުންފުނިން މަސައްކަތް ނުނިންމާ މެޝިނަރީތައް ރަށުން ބާލަނިކޮށް ރައްޔިތުންގެ ބަޔަކު ނުކުމެ ތަކެތި ހިފަހައްޓައިފިއެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ، އެ ރަށުގެ ނަރުދަމާގެ މަސައްކަތް ހަވާލު ކޮށްފައިވާ އެސްޖޭ ކުންފުނިން އެ މަސައްކަތް ނުނިންމާ 8 ވަރަކަށް އަހަރު ވެފައިވާކަމަށާއި އެ މަސައްކަތް ނުނިންމާ ރައްޔިތުންނަށް ނޭނގޭގޮތަށް ސިއްރުން ރަށުގެ އުތުރުފަޅިއަށް އުޅަނދެއް ގާތްކޮށްގެން ޕިކަޕްތަކާއި އެކްސްކަވޭޓަރު ރަށުން ބާލަނިކޮށް ފެނިފައިވާ ކަމަށެވެ.
ރައްޔިތުންގެ ބަޔަކު ތަކެތި ގެންދިޔުމާދެކޮޅަށް އެއްވެ - ފޮޓޯ: ކިޔުންތެރިއެއް
އެހެންކަމުން ރައްޔިތުންގެ ބަޔަކު ނުކުމެ އެތަކެތި ރަށުން ބޭރުކުރުން ހުއްޓުވާފައިވާކަމަށާއި އެތަކެތި މިހާރު ހުންނާނީ ކައުންސިލް އިދާރާ ކައިރިއަށް ގެންގޮސްފައި ކަމަށް އޭނާ ބުންޏެވެ. 

އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންސް އިން ކުރިއަށް ގެންދާއިރު ފެނުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޑަބްލިއުއެސްސީގެ ފަރާތުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
33%
ދެރަވި
67%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޝިޔާން 1 year ago

ތަފްސީލް އަންނަނީ ކޮންއިރަކުން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ