މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ހާމިދު ސޭޓް

ހާމިދު ސޭޓުގެ ހަރަދުގައި ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވަނީ

ރ. ކިނޮޅަހަށް ނިސްބަތްވާ މަޝްރޫހު ވިޔަފާރިވެރިޔާ ރ. ކިނޮޅަހު އޯޝަންވިލާ، ހާމިދު އިސްމާޢިލް (ހާމިދު ސޭޓު)ގެ އަމިއްލަ ހަރަދުގައި ރ. އަތޮޅުގެ ކޮންމެ ރަށަކުން ވެސް މީހަކު ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ފޮނުވުމަށް ނިންމައިފިއެވެ.

އެ ފަރާތުން މިހާރު ވަނީ ކޮންމެ ރަށަކުން ވެސް ޝަރުތުހަމަވާ މީހުންގެ ތެރެއިން ހައްޖުގެ ފުރުސަތު ދޭނެ މީހުން ހޮވުމުގެ މަސައްކަތް އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލު ކޮށްފައެވެ. 

މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން ސާޅީސް އަހަރުން މަތީގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެވިފައިވާނުވާ ފަރާތްތަކަށް ކަމަށެވެ.

ފައިނު ކައުންސިލުން މި ފުރުސަތު ހުޅުވާލާފައިވަނީ ބުދަ ދުވަހުގެ ރޭ10:00 އާއި ހަމައަށެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހައްޖަށް ދިއުމަށް އެދިފައިވާނަމަ މި ފުރުސަތު ލިބޭނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

50%
އުފާވި
50%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ