މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީދޫ އެކުވެރިކުލަބް

​ފޯރިގަދަ ރަސްމިއްޔާތަކުން އިތާ 2024 ފަށައިފި

ރ. މީދޫ އެކުވެރި ކުލަބުން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ މުބާރާތް އިތާ ފަށައިފިއެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ 8 ރިސޯޓަކުން 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ، ރީތިފަރު، އެމަރަލްޑް، ޖޯލި މޯލްޑިވްސް، ހެރިޓެންސް އާރަށް، ކުޑަފުށި، ޖޯލިބީން، މާމުނަގައި ރިސޯޓް އަދި އަދާރަން ސެލެކްޓް މީދުއްޕަރެވެ.

މިރޭގެ އެ މުބާރާތް ފަށާފައިވަނީ އެކުވެރި ކުލަބުގެ މެންބަރުންގެ ފަރާތުން ހުށަހަޅައިދިން އެކި އައިޓަމްތަކާއެކުއެވެ. 

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ކުޑަފުށި އަދި ޖޯލިބީން އެވެ.

މި މުބާރާތަށް މުބާރާތް ކުޅޭ ސަރަހައްދުގެ އިތުރުން މީދޫގެ އެކި ސަރަހައްދުތައް ވެސް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ޖޯލިބީންއެވެ.​

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ