މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސޯޝަލްމީޑިއާ

ލައިސަންސް ނެގުމަށް އިދާރާތަކުގެ މުވައްޒަފުންނަށް ރ. އަތޮޅު ކައުންސިލުން ފަސޭހަ މަގެއް

ރ. އަތޮޅުގެ އެކި ރަށްރަށުގައި މަސައްކަތް ކުރައްވާ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ލައިސަންސް ހެއްދުމަށް ރަސްމީ ދުވަސްތަކުގައި އުނގޫފާރަށް ދިޔުމަށް ދަތިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި މަހުގެ 10 ވާ ހޮނިހިރު ދުވަހު ލައިސަންސް ހެއްދުމުގެ ހިދުމަތް ދޭން ނިންމާފައިވާކަމަށް ރ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިއަދު ބުނެފައިވަނީ، މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މިހާރު ރަށް ރަށުން ދޫކުރަމުން އަންނަ ސީ ޒޯން ލައިސަންސް ދޫނުކުރަން ސަރުކާރުން ނިންމާފައިވާތީއާއި އަދި ދެން ދޫކުރާނީ ހަމައެކަނި އޭ ޒޯން ލައިސަންސް ކަމަށް ކަނޑައެޅުމާއި ގުޅިގެން ސީ ޒޯން ލައިސަންސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަކޮށް ދިނުން ކަމަށެވެ. 

އަދި ރަސްމީ ދުވަސްތަކުގައި އެކަނި ލައިންސް ހިދުމަތް ދިނުމުން ސަރުކާރު މުވައްޒަފުންނަށް އެކަމުގައި ކުރިމަތިވާ ދަތިތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުން ކަމަށް ވެސް ވަނީ ބުނެފައެވެ. 

ހޮނިހިރު ދުވަހު އޮންނަ ލައިސަންސް ބުރު ފަށާނީ ހެނދުނު 9:00 ގައި ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ