މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަތޮޅު ކައުންސިލް

​ރ.އަތޮޅު ކައުންސިލުން ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ ލައިސަންސް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

​ރ.އަތޮޅު ކައުންސިލުން އިސްނަގައިގެން މި ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ރ.އަތޮޅު ކައުންސިލުން ލައިސަންސް ނެގުމުގެ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ އާއި މިއަދު އުނގޫފާރުގައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ކައުންސިލްގެ ރައީސް، ހުސެއިން ނާސިފް ވިދާޅުވީ، މި ޕްެރޮގްރާމަށް ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މިއަދު ނިމިގެންދިޔަ ލައިސެންސް ނެގުމަށް ގިނައިން ހާޒިރުވެފައިވަނީ އަންހެނުންކަން ނާސިފް ފާހަގަކުރެއްވިއެވެ.

ލައިސަންސް ދޫކުރުމުގެ އުސޫލަށް މިފަހުން އައިސްފައިވާ ބަދަލަށް ބަލާއިރު، މިހާރު އޭޒޯން ލައިސަންސް ދޫކުރާނީ ހަމައެކަނި އަތޮޅު ކައުންސިލްތަކުންނެވެ.

ނާސިފް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމި މައިގަނޑު ސަބަބަކީ، ސީ ޒޯން ލައިސަންސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި އޭ ޒޯން ލައިސަންސް ނެގޭނޭ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށެވެ. 

މީގެ އިތުރުން ރަސްމީ ދުވަސްތަކުގައި އެކަނި ލައިންސް ޚިދުމަތް ދިނުމުން ސަރުކާރު މުވައްޒަފުންނަށް އެކަމުގައި ކުރިމަތިވާ ދަތިތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުންވެސް މީގެ ތެރޭގައި ހިމެނޭކަމަށް ނާސިފް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ