މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ދުވާފަރު ޕްރައިމަރީ ސްކޫލްގެ ދަރިވަރުންތަކެއް - ފޮޓޯ: ދުވާފަރު ޕްރައިމަރީ ސްކޫލް

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދުވާފަރު ޕްރައިމެރީ ސްކޫލަށްދީފި

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދުވާފަރު ޕްރައިމެރީ ސްކޫލަށް ދީފިއެވެ.
.
ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ދުވާފަރު ޕްރައިމަރީ ސްކޫލަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފައިވަނީ ވަގުތީ ހުއްދައެކެވެ. އެގޮތުން، މި ހުއްދަ ދީފައިވަނީ، މިއަދުން ފެށިގެން 2 މާރޗް 2021 ގެ ނިޔަލަށެވެ. އެ ސްކޫލަށް ކޮމިޝަނުންދީފައިވާ ވަގުތީ ހުއްދައިގައި ބްރޯޑްކާސްޓްކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރ.ދުވާފަރު އެކަންޏެވެ. އަދި ބްރޯޑްކާސްޓްކުރާ ވަގުތެއްގެގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.

މި ހުއްދަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފައިވަނީ އެ ޙިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނިވިގޮތެއްގައި ދެވިދާނެ ޙިދުމަތެއްތޯ އަޖުމަ ބެލުމުގެގޮތުން އެ ކޮމިޝަނުން ހިންގާ ޕައިލެޓް ޕްރޮޖެކްޓުގެ ތެރެއިން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

ކޮވިޑް19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރި ދުވަސްވަރު ދުވާފަރު ޕްރައިމަރީ ސްކޫލުންވަނީ އަމިއްލައަށް ޓީވީ ޗެނަލެއްގެ އެހީގައި ކްލާސްތައް ނަގައިދިނުމުގެ ތަޖުރިބާ ކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ