މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

މަދު މުވައްޒަފުންތަކެއް - ކޮށްދެއްވަނީ އަގުނުކުރެވޭ ފަދަ މަސައްކަތެއް

2020 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން، މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކިއެކި ފިޔަވަޅުތައް އަޅަން ފެށިއެވެ. ރަށު ފެންވަރުގައި ޓާސްކްފޯސްތައް އެކުލަވާލާ ގިނަ މަސައްކަތްތަކެއް ކުރަން ފެށިއެވެ. ކޮވިޑް19 އާއި ކުރިމަތިވީފަހުން އެންމެ ބުރަ އެއް މަސައްކަތެއް ރަށު ފެންވަރުގައި ފައިނުގައި ކޮށްދެއްވާފައިވާ އެއް ބަޔަކީ ފައިނު ޞިއްޙީ މަރުކަޒުގެ ބޭފުޅުންނެވެ.

މިވަގުތު މަސައްކަތް ކުރައްވަން ތިބީ ނުހަނު މަދު މުވައްޒަފުންތަކެއް ކަމުގައި ވީނަމަވެސް، ވަރުބަލިކަމެއް ނެތި އެބޭފުޅުން ގެންދަވަނީ ނުހަނު ބުރަ މަސްޢޫލިއްޔަތެއް އަދާ ކުރައްވަމުންނެވެ. ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތުގެ އިތުރުން، ކޮވިޑާއި ގުޅިގެން ކުރަން ޖެހުނު ގިނަ މަސައްކަތްތަކެއް ކުރައްވާ އެއް ބަޔަކީ އެއީއެވެ. 

ފައިނު ޞިއްޙީ މަރުކަޒުގައި ޕަބްލިކް ހެލްތްގެ ބައިގައި މަސައްކަތް ކުރައްވަނީ 2 މުވައްޒަފުންނެވެ. ނަރުހުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ 2 ނަރުހުންނެވެ. ނަމަވެސް، މި މަސައްކަތްތައް މުވައްޒަފުންގެ މެދުގައި ބަހާލައްވައިގެން، ރައްޔިތުންނަށް ދެއްވާ ޚިދުމަތަށް ބުރޫ ނާރާނެ ގޮތަކަށް ފައިނު ޞީއްޙީ މަރުކަޒުން ދަނީ ކަންކަން އިންތިޒާމު ކުރައްވަމުންނެވެ. 

ކޮވިޑް19 އާއި ގުޅިގެން، ފައިނު ކައުންސިލާއި ފައިނުގައި އުފައްދާފައިވާ ޓާސްކްފޯސްއިން ކޮށްދެއްވާފައިވަނީ އަގުނުކުރެވޭ ފަދަ މުހިންމު މަސައްކަތްތަކެކެވެ. އޭގެ އިތުރުން، ކޮވިޑާއި ގުޅިގެން މި ހޭދަވި ދޮޅު އަހަރެއްހާ ދުވަހަކީ، ހޯމް ކަރަންޓީނަށް އަންނަ މީހުނާއި، އެނޫންވެސް ގޮތްގޮތުން ކަރަންޓީންވާން ޖެހޭ ގިނަ ބައެއްގެ ސާމްޕަލް ނެގުމާއި، އެމަޢުލޫމާތު ރެކޯޑު ކުރުމާއި އަދި ސާމްޕަލްތައް ކަނޑައެޅިފައިވާ ވަގުތުގައި ފޮނުވުން ފަދަ ކަންކަން ގިނަ އަދަދަކަށް ކުރަންޖެހުނު ދުވަސްވަރެކެވެ. މީގެ އިތުރުން ވެކްސިން ދިނުމުގެ މަސައްކަތްތައްވެސް ފާހަގަ ކޮށްލެވެއެވެ. 

ފައިނު ޞިއްޙީ މަރުކަޒުން ކުރައްވާފައިވާ މި މަސައްކަތުގެ ތަފާސްހިސާބަށް ބަލާއިރު، މިހާތަނަށް ޖުމުލަ 487 ސާމްޕަލެއް ފައިނުން ނަގާފައިވެއެވެ. އަދި ރަށުގެ 49 އިންސައްތަ މީހުނަށް ވެކްސިން ދިނުމުގެ މަސައްކަތް ކޮށްދެއްވާފައިވެއެވެ.
ފައިނު ޞިއްޙީ މަރުކަޒުގެ މުވައްޒަފުން ވެކްސިން ޕްރޮގްރާމްގެ މަސައްކަތުގައި - ފޮޓޯ: ޝަފީޢު
މި މަސައްކަތްތަކުގެ އިތުރުން، ހޯމް ކަރަންޓީނަށް އަންނަ މީހުންނަށް ބޭނުންވާ އިރުޝާދު ޓާސްކްފޯސްއާއި ގުޅިގެން ފޯރު ކޮށްދިނުމާއި، ފައިނުން ކޮވިޑް19 ފެނުމުން، ބަލި ޖެހުނު މީހުންނަށް ދޭންޖެހޭ ޞިއްޙީ އިރުޝާދުތައް ދިނުމާއި، ބަލި މީހުންނަށް ފޯރުކޮށްދޭންޖެހޭ ބޭސްފަދަ ތަކެތި ދަތިނުވެ ފޯރުކޮށްދިނުމުގެ މަސައްކަތަކީ މަދު މުވައްޒަފުންތަކެއްގެ ގިނަ ވަގުތުތަކެއް ޤުރުބާންކޮށްގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ. 

ރަށުގައި ކޮވިޑް19 ފެތުރިފައިވާ މިފަދަ ދަނޑިވަޅެއްގައި ކަމާއި ގުޅުންހުރި މިފަދަ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެބޭފުޅުންގެ އަގުހުރި ވަގުތު މިކަމުގައި ހޭދަ ކުރައްވަމުން އެގެންދަވަނީ މުޅި ރަށުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށެވެ. އެގޮތުން، ފައިނު ކައުންސިލާއި، ފައިނު ޞިއްޙީ މަރުކަޒާއި ފައިނު ޓާސްކްފޯސް އަދި ސޯޝަލް ސަޕޯޓް ޑެސްކާއި އެނޫންވެސް ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަގޮށް ޝުކުރު އަދާ ކުރަމެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

4 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހުދާ 3 years ago

ޝުކުރިއްޔާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކޮވިޑު 3 years ago

ޝުކުރު ހައްގު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 3 years ago

އެންމެނަށް ޝުކުރިއްޔާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަސްމާ 3 years ago

މީހުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރުމަކީ އަހަރެމެންގެ ތެރޭގައި ވަރަށް މަދުވެއްޖެ ކަމެއް. ކޮވިޑްގަ މިވީ ދޮޅު އަހަރުތެރޭގައި ސިއްހީދާއިރާގެ ބޭފުޅުން ކުރަމުންދާ ބުރަ މަސައްކަތް ފާހަކަ ކުރާނެ މާ ގިނަ މީޑިއާއެއްނެތް. ފައިނު އޮންލައިނުން ތިކަން ފާހަގަ ކުރީތީ ޝުކުރުވެރިވަން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ