މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އެންމެ މޮޅު ދެ ދަރިވަރުންނަށް ހޮވުނު ރިލްވާން އަދި ސުޖާއު ސްކޫލްގެ ޕްރިންސިޕަލާއެކު - ފޮޓޯ: ހަމްދީ - ހުޅުދުއްފާރު

ފާއިތުވި ދެއަހަރު ހުޅުދުއްފާރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަށް ފައިނުގެ ދެދަރިން

ފާއިތުވި 2019، 2020-2021 މި އަހަރުތަކުގައި ހުޅުދުއްފާރު ސްކޫލްގެ، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ފައިނުގެ ދެ ދަރިން ހޮވިއްޖެއެވެ.

ރޭ ބޭއްވި އެ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި މި ވަނަތައް އިއުލާން ކޮށްފައިވާއިރު، 2019 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ރ. ފައިނު މެހްރާ ރިލްވާން ޝަރީފެވެ. އަދި 2020-2021 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ރ. ފައިނު ފަތިސް އަޙްމަދު ސުޖާއުއެވެ.  

އޭލެވެލް އިމްތިހާނުން މޮޅު ނަތީޖާއެއް ހޯދާ ރިލްވާން ޝަރީފްވަނީ 2019 ވަނަ އަހަރު ނެޝަނަލް ޓޮޕް 10 ގައި ހިމެނިފައެވެ. އަދި ސްކޫލް ޓޮޕް އެޗީވަރސް އެވޯޑް ރޭވަނީ ރިލްވާންއަށް އަރުވާފައެވެ. 

އަދި އޭލެވެލް އިމްތިހާނުން މޮޅު ނަތީޖާއެއް ހޯދާ އަޙްމަދު ސުޖާއުވަނީ 2020-2021 ވަނަ އަހަރު ނެޝަނަލް ޓޮޕް 6 ގައި ހިމެނިފައެވެ. އަދި ރޭވަނީ ސްކޫލް ޓޮޕް އެޗީވަރސް އެވޯޑު ސުޖާއުއަށްވެސް އަރުވާފައެވެ. 

މި ވަނަތަކުގެ އިތުރުން މި ދެ ދަރިވަރުންވެސް ވަނީ ސްކޫލްގެ އިތުރު ގިނަ ވަނަތަކެއް ވެސް ހޯދާފައެވެ.  

ފައިނު އޮންލައިން ޓީމުގައި ހިމެނޭ މި ދަރިވަރުންނަށް ޓީމުގެ ނަމުގައި ހޫނު މަރުހަބާއެއް ކިޔަމެވެ.

މިލިޔުން ކިޔާލުމުން

86%
އުފާވި
14%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ