މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖު: އިންނަމާދޫ ކައިރިން އިނގުރައިދޫއަށް ފަސޭހަ މޮޅެއް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ އިންނަމާދޫ އާއި އިނގުރައިދޫ ބައްދަލުކުރި މެޗް ފަސޭހަކަމާއެކު އިނގުރައިދޫ ޓީމް ކާމިޔާބު ކޮށްފިއެވެ.

ރޭ ކުޅުނު މެޗް އިނގުރައިދޫ އިން ކާމިޔާބުކުރީ 8 - 0 އިންނެވެ. 

މި މެޗްގައި އިނގުރައިދޫގެ އައިހަމް 3 ގޯލް ޖަހާފައިވާއިރު އަލީ ހާފިޒް ވަނީ 2 ގޯލް ޖަހައިދީފައެވެ. މީގެ އިތުރުން މަމްދޫހް ވެސް 2 ގޯލް ޖަހައިދީފައިވާއިރު މުހައްމަދު ޖުމާން ވަނީ ގޯލެއް ޖަހައިދީފައެވެ. 

މުޅި މެޗް ވެސް ޑޮމިނޭޓް ކޮށްގެން ކުޅެފައިވަނީ އިނގުރައިދޫ އިންނެވެ. 

މި މުބާރާތުގައި ރ. އަތޮޅުގެ ޓީމްތައް ވާދަކުރާ ގްރޫޕްގައި އިއްޔެރޭ ވެސް ވަނީ މެޗެއް ކުޅެފައެވެ. އެ މެޗް މީދޫއާއި ވާދަކޮށް ދުވާފަރުން ކާމިޔާބު ކުރީ 6 - 1 އިންނެވެ. 

މި މުބާރާތުގައި ދެން މިމަހުގެ 11 ގައި ކުޅޭނީ އިންނަމާދޫއާއި އަލިފުއްޓެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ