މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ގޯލްޑަން ފުޓްސަލް

ގޯލްޑަން ފުޓްސަލް ޗެލެންޖް: ރޭގެ މެޗްތައް ކާމިޔާބުކުރީ އިނގުރައިދޫ އަދި ދުވާފަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗްތައް އިނގުރައިދޫއާއި ދުވާފަރުން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗްތައް އިނގުރައިދޫއާއި ދުވާފަރުން ކާމިޔާބު ކޮށްފިއެވެ. 

އެގޮތުން ރޭ ދުވާފަރު ބައްދަލު ކޮށްފައިވަނީ އިންނަމާދޫއާއެވެ. އެ މެޗް ދުވާފަރުން ކާމިޔާބު ކުރީ 5 – 1 އިންނެވެ. ދެން ރޭ ކުޅުނީ، އިނގުރައިދޫ އަދި އަލިފުއްޓެވެ. އެ މެޗް އިގުރައިދޫން ކާމިޔާބުކުރީ 3 – 0 އިންނެވެ.  

ފަސް ޓީމު ވާދަކުރާ ރ. އަތޮޅުގެ ލީގު ބުރުގެ އެއް ވަނައިގައި އިނގުރައިދޫ އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި ދުވާފަރު ހަ ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އަލިފުށްޓެވެ. އިންނަމާދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕްގައި އަދި ދުވާފަރާއި އިނގުރައިދޫގެ މެޗާއި ދުވާފަރާއި އަލިފުށި ކުޅޭ މެޗު ވެސް އެބައޮތެވެ. ގުރޫޕް ސްޓޭޖް ފަހު މެޗުގައި ދުވާފަރު ފުޓްސަލް ޓީމާއި ދެކޮޅަށް އިގުރައިދޫ ނުކުންނާނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަލީ 1 year ago

މިހާރު އެހެންވީމާ މީދޫވެސް ކެޓީތަ؟

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ